ރަޔާން ގްރަވެންބާކް ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ގޯލާއެކު ޔުއެފާ ޔޫރޮޕާ ލީގުގައި ސެއިންޓް ގިލޮއިސް ބަލިކޮށްފިއެވެ.
2-0 ން ލިވަޕޫލް މޮޅުވި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދައިދިނީ މިސީޒަންގައި ޓީމާ ގުޅުނު ނެދަލެންޑްސްގެ ގްރަވެންބާކްއެވެ. ފުރަތަމަ ހާފް ނިމެން މިނިޓަކަށް ވެފައިވަނިކޮށް 21 އަހަރުގެ މިޑްފީލްޑަރ ލަނޑުޖެހީ ރީބައުންސަށް ނިކުއިތް ބޯޅައަކުންނެވެ. ބަޔާންއިން ލިވަޕޫލަށް ބަދަލުވި ކުޅުންތެރިޔާއަށް ކޯޗު ކްލޮޕް އަދި ފުރުޞަތު ދެނީ ޔޫރޮޕާ ލީގާއި ލީގު ކަޕުންނެވެ. ލިވަޕޫލުން ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ޖޮޓާއެވެ. ލިވަޕޫލް މޮޅެއް މިހޯދީ ލީގުގައި ވީއޭއާރުގެ ގޯސް ނިންމުމެއްގެ ސަބަބުން ޓޮޓެންހަމް އަތުން ބަލިވުމުގެ މާޔޫސްކަމުގެ ތެރޭގައެވެ.
މެޗުން މޮޅުވެ ލިވަޕޫލް އޮތީ ހަ ޕޮއިންޓާއެކު ގްރޫޕް އީގެ އެއްވަނާގައެވެ. ދެވަނާގައި އޮތީ 4 ޕޮއިންޓާއެކު ޓުލޫސްއެވެ. ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޮއިސް އޮތީ އެއް ޕޮއިންޓާއެކު ތިން ވަނާގައެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ލާސްކް އެވެ.