ކ. މާލެ
|
4 އޮކްޓޯބަރ 2023 | ބުދަ 22:01
ޔޫރަޕިއަން ސްޕޭސް އެޖެންސީން އަންދާޒާކުރާ ގޮތުގައި، ސެންޓިމީޓަރަކަށްވުރެ ބޮޑު، ކުނީގެ އެއް މިލިއަން އެތިކޮޅު މިހާރު ޖައްވުގައި އެބަހު
ޔޫރަޕިއަން ސްޕޭސް އެޖެންސީން އަންދާޒާކުރާ ގޮތުގައި، ސެންޓިމީޓަރަކަށްވުރެ ބޮޑު، ކުނީގެ އެއް މިލިއަން އެތިކޮޅު މިހާރު ޖައްވުގައި އެބަހު
ގެޓީ އިމޭޖަސް
ޔޫރަޕިއަން ސްޕޭސް އެޖެންސީ
އެމެރިކާއިން ފުރަތަމަ ފަހަރަށް "ސްޕޭސް ޖަންކް" ޖޫރިމަނާއެއް ކޮށްފި
 
ޖައްވީ އިގްތިސާދު ހަލުއިވަމުން އަންނައިރު، ވައުދުތަކާ އެއްގޮތަށް އޮޕަރޭޓަރުން އަމަލުކުރާކަން ޔަގީންވާންޖެހޭ

ސެޓެލައިޓެއް ރަނގަޅަށް ނައްތާނުލެވުނު ޓީވީ ކުންފުންޏަކަށް 150،000 ޑޮލަރުގެ ޖޫރިމަނާއެއް ކޮށް، "ސްޕޭސް ޖަންކް" (ޖައްވީ ކުނި) ތަކެއްގެ މައްސަލާގައި، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ފުރަތަމަ ފަހަރަށް "ބްރެކްތްރޫ" އެއް ނެރެފިއެވެ.

ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ)ން މި މައްސަލަ ކުރިއަށް ގެންގޮސްފައި މިވަނީ 2002 ވަނަ އަހަރުން ފެށިގެން އޯބިޓްގައި އޮތް "އިކޯސްޓާ-7" ނަމަކަށްކިޔާ ސެޓެލައިޓެއް ރަނގަޅަށް ޑިއޯބިޓް ކޮށްފައި ނުވާތީއެވެ.

ސްޕޭސް ބޭސްޑް ޓެލެކޮމްގެ ޚިދުމަތްތަކަށް ހުއްދަ ދޭ އެފްސީސީން ނެރުނު ބަޔާނެއްގައި ވަނީ، މިއީ ސެޓެލައިޓް ޕޮލިސީގެ އެންމެހައި ކަންތައްތައް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ކޮމިޝަނުން މިފަދަ ޖޫރިމަނާއެއް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެމެރިކާގެ ސެޓެލައިޓް ޕްރޮވައިޑަރ އަދި ޑައިރެކްޓް ބްރޯޑްކާސްޓާރ "ޑިޝް"އިން 2012 ވަނަ އަހަރު ވައުދުވީ، ސެޓެލައިޓް އޮޕަރޭޝަނަލް އާކްގެ މައްޗަށް 300 ކިލޯމީޓަރު (190 މޭލު) އުސްކުރުމަށް ކަމަށެވެ. ނަމަވެސް ޖިއޮސްޓޭޝަނަރީ ސެޓެލައިޓްގެ އޮޕަރޭޝަނަލް ލައިފް ނިމުމަކަށް އައުމާއެކު ދެ ފަރާތުން އެއްބަސްވި ވަރަށްވުރެ ތިރި މިނަކަށް އެ ސެޓެލައިޓް ވަނީ ބަދަލުކޮށްފައެވެ. އަދި އެ ސެޓެލައިޓް ނައްތައިލީ އަސްލު އާކްގެ 120 ކިލޯމީޓަރު އުސްމިނުގައި ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އެފްސީސީގެ އެންފޯސްމަންޓް ބިއުރޯގެ ޗީފް ލޯޔާން އޭގަލް ވިދާޅުވީ ސެޓެލައިޓް އޮޕަރޭޝަންތައް އިތުރުވެ، ޖައްވީ އިގްތިސާދު ހަލުއިވަމުން އަންނައިރު، ވައުދުތަކާ އެއްގޮތަށް އޮޕަރޭޓަރުން އަމަލުކުރާކަން ޔަގީންވާންޖެހޭ ކަމަށެވެ.

މީ ވަރަށް ބޮޑު ކުރިއެރުމެއް. އެފްސީސީއަކީ ވަރަށް މުހިއްމު ކޮމިޝަނެއް. ޖައްވީ ކުނިތަކުގެ ގަވާއިދުތައް ތަންފީޒު ކުރުމުގެ ހަރުދަނާ އެންފޯސްމަންޓް އޮތޯރިޓީއާ ގާބިލުކަން ލިބިފަ ވާ ކުންފުންޏެއްކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް.
ޗީފް ލޯޔާން އޭގަލް

އެފްސީސީން ބުނީ، ސެޓްލްމަންޓްގެ ތެރޭގައި ކުންފުނީގެ ފަރާތުން ލައިބިލިޓީ އެޑްމިޝަނާއި ކޮމްޕްލަޔަންސް ޕްލޭނަކާ އެއްގޮތަށް އަމަލުކޮށް، 150،000 ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމުގެ އެއްބަސްވުމެއް ހިމެނޭ ކަމަށެވެ.

މިކަމާ ގުޅިގެން ޑިޝްއިން އަދި މިހާތަނަށް އެއްވެސް އެއްޗެއް މިކަމާ ގުޅިގެން ނުބުނެއެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީން އަންދާޒާކުރާ ގޮތުގައި ސެންޓިމީޓަރަކަށްވުރެ ބޮޑު، ކުނީގެ އެއް މިލިއަން އެތިކޮޅު މިހާރު ޖައްވުގައި އެބަހުއްޓެވެ. މިހާ ގިނަ އަދަދަކަށް ޖައްވުގައި ކުނި ހުރުމަކީ ޖައްވީ އުޅަނދުތަކަށް އެކަމުގެ ނުރައްކާ އޮތް ކަމެއް ކަމަށްވެސް އެ ފަރާތުން ބުނެއެވެ.

މަސްދަރު: ޓީއާރްޓީ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް