ކ. މާލެ
|
4 އޮކްޓޯބަރ 2023 | ބުދަ 13:17
އަޔެކްސްގެ ކުރީގެ ކޯޗު ވެންހާލް
އަޔެކްސްގެ ކުރީގެ ކޯޗު ވެންހާލް
ގޫގުލް
ފުޓްބޯޅަ
100 މިލިއަން ހަރަދުކޮށް، ރެލިގޭޓްވާތީވެ އެޑްވައިޒަރަކަށް ވެންހާލް
 
އަޔެކްސް މި ވަގުތު އޮތީ 18 ޓީމު ވާދަކުރާ ލީގުގެ 15 ވަނާގައި

ނެދަލޭންޑްސްގެ އަޔެލްސްއިން މި ސީޒަނަށް 100 މިލިއަން ޑޮލަރު ހަރަދު ކުރި ނަމަވެސް ރެލިގޭޓްވެދާނެ ކަމުގެ ބިރު ހީވުމުން ކުރީގެ ކޯޗު ލުއިސް ވެންހާލް އެޑްވައިޒަރަކަށް ހަމަޖައްސައިފި އެވެ.

ނެދަލޭންޑްސްގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ އަޔެކްސް މި ވަގުތު އޮތީ 18 ޓީމު ވާދަކުރާ ލީގުގެ 15 ވަނާގަ އެވެ. ލިބިފައިވަނީ 5 ޕޮއިންޓެވެ. މިއީ އެއްވަނާގައިވާ ޕީއެސްވީއަށްވުރެ 16 ޕޮއިންޓް މަދު އަދަދެކެވެ. އަދި މިއީ ޓޭބަލުގެ ފުލުގައި އޮތް ވޮލެންޑަމަށްވުރެ ހަތަރު ޕޮއިންޓް ގިނަ އަދަދެކެވެ.

އުމުރުން 73 އަހަރުގެ ވެންހާލް އެޑްވައިޒަރަކަށް ގެނައީ ޓީމު ބައްޓަންކުރަން މި ސީޒަނުގައި ހަރަކާތްތެރިވި ބައެއް މީހުން މަގާމުން ވަކިކުރުމަށްފަހު އެވެ.

"އަހަރެން ބޭނުން އަޔެކްސް އަށް އެހީވާން. އަހަރެންގެ ފުޓްބޯޅައިގެ މައުލޫމާތު ބޭނުންކޮށްގެން މިކުލަބަށް އެހީވާން ބޭނުން. މިއީ އަހަރެންގެ ކުލަބު. އަހަރެން ކާމިޔާބު ހޯދައިދީފައިވާ ކުލަބެއް،"
ވެންހާލް ބުންޏެވެ.

ވެންހާލް އަކީ ނެދަލޭންޑްސްގެ ގައުމީ ކޯޗުކަން ތިން ފަހަރު ކޮށްފައިވާ ތަޖުރިބާކާރެކެވެ. އޭނާ އަދި ވަނީ ޔޫރަޕުގެ ވަރުގަދަ ކުލަބުތައް ކަމަށްވާ ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި މެންޗެސްޓާ ޔުނައިޓެޑް ފަދަ ކުލަބުތަކަށް ކޯޗުކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް