ކ. މާލެ
|
4 އޮކްޓޯބަރ 2023 | ބުދަ 07:02
ބެންގކޮކްގެ މޯލްގައި ބަޑިޖެހި ކުއްޖާ ހައްޔަރުކުރަނީ
ބެންގކޮކްގެ މޯލްގައި ބަޑިޖެހި ކުއްޖާ ހައްޔަރުކުރަނީ
ބީބީސީ
ތައިލަންޑްގެ މޯލެއްގައި ބަޑިޖެހުން
ބެންގކޮކް މޯލްގައި ދިން ހަމަލާ: ދިވެއްސަކަށް އަނިޔާވިކަމަށް މިހާތަނަށް ރިޕޯޓެއް ނުކުރޭ
އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބިފައިވާނަމަ މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 ގުޅުމަށް އެދިފައިވޭ

ތައިލަންޑްގެ ވެރިރަށް ބެންގކޮކްގެ ލަގްޒަރީ ޝޮޕިންގ މޯލެއްގައި ދިން ބަޑީގެ ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާވިކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ތައިލެންޑުގައި ތިބި ދިވެހިންގެ ހާލަތު އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެންގކޮކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ.

ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާނަމަ އަދި އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ ވީއެންމެ އަވަހަކަށް މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 ނުވަތަ ބެންކޮކުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަމްބަރު 66611766502+ އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Advertisement

ބެންގކޮކްގެ ލަގްޒަރީ ޝޮޕިންގ މޯލެއްގައި ހަމަލާދީފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖަކެވެ. އެ ކުއްޖާވަނީ ބަޑިޖަހައި، 2 މީހުން މަރާލާފައެވެ. ބިދޭސީއަކާއި އިތުރު ހަތަރު މީހުން މިހާދިސާގައި ޒަޚަމްވެފައި ވެއެވެ.

ބަޑިޖެހި ކުއްޖާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ކުރިން އޭނާވަނީ ފުލުހުންނަށް އަމާން ދީފައެވެ. ހަމަލާދިނުމަށް މިކުއްޖާ ބޭނުންކޮށްފައިވަނީ ހޭންޑް ގަންއެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ބައެއް މީހުން ސޯޝަލް މީޑިޔާއަށް ލާފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި، މޯލްގެ ތެރޭގައި ހަތަރު ފަހަރު ބަޑިޖަހާ އަޑު އިވެއެވެ. އެއާއެކު މީހުންތައް އަވަހަށް އެތަނުން ނުކުތުމަށްޓަކައި ހަރަކާތްތެރިވާ ތަން ފެނެއެވެ. ބައެއް މީހުން ފިހާރަތަކާއި ފާޚާނާތަކުގައި ފިލާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް