Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2023 | އަންގާރަ 16:13
ރައީސް ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބައްދަލުކުރެއްވުން
ރައީސް ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބައްދަލުކުރެއްވުން
ރައީސް އޮފީސް
އެމްޑީޕީ
ޑިމޮކްރެޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމީ އަމިއްލައަށް، އެއްވެސް ކަމަކާ އެއްބަސްވެފައި ނުވާނެ: އެމްޑީޕީ
އަދިވެސް ނިޒާމީ ވޯޓެއް ބާއްވަން އެމްޑީޕީން ތާއީދު ކުރޭ
އެމްޑީޕީން ތާއީދު ކުރާ ނިޒާމަކާ ގުޅޭގޮތުން ގޮތް ނިންމާނީ މިރޭ
ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް އެމްޑީޕީން ބުނޭ

ދަ ޑިމޮކްރެޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނިންމުމަކީ އެ ޕާޓީގެ އަމިއްލަ ނިންމުމެއް ކަމަށާއި އެ ޕާޓީއާއެކު އެއްވެސް އެއްބަސްވުމެއް ވެފައިނުވާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެ ޕާޓީން މިގޮތަށް ބުނެފައިވަނީ އަންގާރަ ދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީއާ ގުޅުވައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކޮށްފިނަމަ އެމްޑީޕީން ނިޒާމީ ވޯޓަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ޑިމޮކްރެޓްސްއިން އެދުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކަމަށެވެ. ނަމަވެސް އެ ހުށަހެޅުން އެމްޑީޕީން ގަބޫލު ނުކުރާ ކަމަށާއި އެކަމާ ގުޅޭ އިތުރު އެއްވެސް ކަމަކާ އެ ޕާޓީއާއެކު އެއްބަސްވެފައި ނުވާނެ ކަމަށެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާއި ނަޝީދު ބައްދަލު ކުރައްވައި ވެސް ދެއްކެވީ ނިޒާމީ ވޯޓެއް ނެގުމާ ގުޅޭ ވާހަކަތައް ކަމަށާއި ތާއީދު ކުރާނެ ނިޒާމެއް ނުވަތަ އެކަމާ ގުޅޭ އެހެން މަޝްވަރާއެއް ނުކުރައްވާ ކަމަށް ވެސް އިބުރޭ ވިދާޅުވިއެވެ.

Advertisement

އިބުރޭ ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގައި ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު މަޖިލީހުގައި އިތުރުފުޅު ހައްދަވައި އެމްޑީޕީއަށް އިތުބާރު ނުކުރެވޭނެ ކަމަށް ވިދާޅުވާއިރު އެކަން ނިންމާނީ ރައްޔިތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިބުރޭ އިތުރަށް ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން ތާއީދު ކުރާ ކަމަށެވެ. މަޖިލީހަށް ހުށަހަޅާފައި އޮތްގޮތަށް މި މަހުގެ 30 ގައި އެ ވޯޓު ނެގުމަށް ތާއީދު ކުރަނީ ޑިމޮކްރެޓްސް އިން ބަރުލަމާނީ ނިޒާމަށް ތާއީދުކުރާއިރު ރައްޔިތުން އެކަމާ ދޭތެރޭ ދެކޭގޮތް ބެލުން މުހިންމުވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ޚިޔާލުފާޅު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 99 އިންސައްތަ މެމްބަރުން ތާއީދު ކުރަނީ ރިޔާސީ ނިޒާމަކަށް ކަމަށާއި އެ ޕާޓީން ތާއީދު ކުރާ ނިޒާމާ ގުޅޭގޮތުން އަންގާރަ ދުވަހުގެ ރޭ ގޮތެއް ނިންމާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީން ތާއީދު ކުރާ ނިޒާމަކާ ގުޅޭގޮތުން ގޮތް ނިންމުމަށް ބާއްވާ ޤައުމީ މަޖިލީހުގެ ޖަލްސާ އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް