ކ. މާލެ
|
3 އޮކްޓޯބަރ 2023 | އަންގާރަ 13:01
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ނޫސްވެރިންނާ ބައްދަލު ކުރެއްވުން
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ނޫސްވެރިންނާ ބައްދަލު ކުރެއްވުން
ރައީސް އޮފީސް
ޚާރިޖީ ސިޔާސަތު
ސަރުކާރުން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެއަކީ މިއަދު ބަސްވިކޭ ޤައުމަކަށްވެއްޖެ: ރައީސް
 
އެތެރޭގެ ސިޔާސަތަކާއި ގުޅިގެން އެއްވެސް ޤައުމަކުން އެއްވެސް ބަޔާނެއް ނެރެން ޖެހިފައިނުވޭ
 
ބައިނަލްއަޤުވާމީ އެކިއެކި މަންސަތަކުގައި ރާއްޖޭގެ ބައިވެރިވުން މި ސިޔާސަތުގެ ދަށުން އިތުރު ކުރެވިފައިވޭ
 
ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ މިހާތަނަށް ވެރިކަމެއްގައި ގެންގުޅެފައިވާ އެންމެ ރަނގަޅު ސިޔާސަތު

ސަރުކާރުން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެއަކީ މިއަދު ބައިނަލްއަޤުވާމީ ދުނިޔޭގައިވެސް ބަސްވިކޭ ޤައުމަކަށްވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ މިހާތަނަށް ވެރިކަމެއްގައި ގެންގުޅެފައިވާ އެންމެ ރަނގަޅު، އަދި އެންމެ ގިނަ ޤައުމުތަކާއި ގުޅުން ބަދަހިވެގެން ދިޔަ ޚާރިޖީ ސިޔާސަތުކަމަށެވެ.

މިއީ އެންމެ ގިނަ ޤައުމުތަކާއެކުގައި ގުޅުން ބަދަހިވެގެން ދިޔަ ފޮރިން ޕޮލިސީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ހަމައެއާއެކު، ބައިނަލްއަޤުވާމީ އެކިއެކި މަންސަތަކުގައި ރާއްޖޭގެ ބައިވެރިވުން މި ސިޔާސަތުގެ ދަށުން އިތުރު ކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 5 އަހަރު ނިމިގެންދާއިރު، އެތެރޭގެ ސިޔާސަތަކާއި ގުޅިގެން އެއްވެސް ޤައުމަކުން އެއްވެސް ބަޔާނެއް ނެރެން ޖެހިފައިނުވާކަމަށެވެ.

އެއިން އެނގިގެންދަނީ ބޭރު ޤައުމުތަކާއިއެކު ގާތް ގުޅުމެއް ބޭއްވި، އޭގެ ފައިދާ މި ޤައުމަށްވެސް ކުރެވެމުންދިއުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ވަކިން ޚާއްސަކޮށް ތިމާވެށީގެ ދާއިރާގައިވެސް ދިވެހިންގެ ބަސް ބައިނަލްއަޤުވާމީ މަސްރަހުގައި މިހާރު ވިކޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އަވައްޓެރި ޤައުމުތަކާއެކު އަބަދުވެސް އޮންނަންޖެހޭނީ އިތުބާރު ހިފޭ، ބަދަހި ގުޅުމެއް ކަމަށެވެ. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަވައްޓެރި އެކި ޤައުމުތަކާއެކު ރާއްޖެއިން ވެސް އެއްބަސްވުންތައް ވެފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި