ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 05:30
މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް
މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް
ރާއްޖެއެމްވީ
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
ރައީސްގެ އަމަލުފުޅުން ފެނިވަޑައިގަންނަވަނީ ޑިމޮކްރަސީގެ ނިޒާމު ހަލާކުކޮށްލާ ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާކަން - މަހްލޫފް
އިންތިހާބު ނިމިގެން ދިޔައިރުގައި، ވަކި ފަރުދަކަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ހުންނެވި ރައީސަކީ، ރައީސް ޞާލިހް
ރައީސް ޔާމީން ގެއަށް ބަދަލުކުރުމަކީ ގައުމީ މަސްލަހަތު އިސްކުރައްވާ، ރައްޔިތުން އިއްޔެ ދެއްވި ވޯޓަށް ދެއްވި ރަނގަޅު ޖަވާބެއް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަމަލުފުޅުން ފެނިވަޑައިގަންނަވަނީ ޑިމޮކްރަސީގެ ނިޒާމު ހަލާކުކޮށްލާ ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާކަން ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ފުޅުދައްކަވަމުން މަހްލޫފް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރަށްފަހު ރައީސް އަމަލުކުރައްވަމުން ގެންދަވަނީ ޑިމޮކްރަޓިކްކޮށް ކަމަށާއި، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަމަށް އެއްބާރުލުން ދެއްވުމަށް ވަޒީރުންގެ މަޖިލީހުގައި ވެސް އެދިވަޑައިގެންނެވި ކަމަށެވެ.

މަހްލޫފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަރަށް ބައިވަރު ގޯސްތަކެއް ހެދުނު ކަމަށާއި، ދެވަނަ ބުރަށް އެކަންކަން ވަރަށް ބޮޑަށް ރަނގަޅުކުރެވުނު ކަމަށެވެ. ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި ނިމިގެންދިޔަ އިންތިހާބެއްގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށެވެ. މަހްލޫފް ވިދާޅުވީ ދެވަނަ ބުރުގައި ކުރެވުނު ކަންކަމަށްވުރެ ފުރިހަމައަށް ކަންތައްތައް ކުރެވޭނެ ކަމަށެވެ. އަދި މިއީ ލިބުނު ފިލާވަޅެއް ކަމަށާއި، އެކަންކަމުން އިބުރަތް ހާސިލުކޮށް، އެ ފިލާވަޅުގެ އަލީގައި ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ކުރިއަށްއޮތްތަނުގައި ރަނގަޅުކުރަންޖެހޭ ކަމަށެވެ. މަހްލޫފް ވިދާޅުވީ އިންތިހާބު ނިމިގެން ދިޔައިރުގައި، ވަކި ފަރުދަކަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ހުންނެވި ރައީސަކީ، ރައީސް ޞާލިހް ކަމަށެވެ.

2018ގެ ރިޔާސީ އިންތިހާބުގައި 139،00 ވޯޓު ލިބިވަޑައިގެންނެވި. މިފަހަރުވެސް ގިނިކަންޏާ ކުރެވުނު މަސައްކަތުގައި އެއްލައްކަ އެތައްހާސް ވޯޓެއް ހޯއްދަވާފައިވޭ. އެހެންވީމާ އަޅުގަނޑުމެންނަށް އިންތިހާބު ސީދާ ކާމިޔާބު ނުވިކަމުގައިވީނަމަވެސް މީގެން ލިބުނު ކުރިއެރުންތަކަކީ ދެވަނަ ބުރުގައި ފާހަގަކޮށްލަންޖެހޭ ކަންތައްތައް. 85،000 ގައި އޮތް ބަޔަކު ގޮސް 109000 ވޯޓާއި ހަމައަށް އާދެވުނުކަން އެއީ ދެވަނަ ބުރަށް އައި އިރު ކުރެވުނު މަސައްކަތުގެ ނަތީޖާ. ދެވަނަ ބުރަށް މިއަށްވުރެ ބޮޑަށް ތައްޔާރުވެވުނު ނަމަ ކާމިޔާބު ކުރެވުނު.
ޔޫތް މިނިސްޓަރ އަހުމަދު މަޚްލޫފް

މަހްލޫފް ވިދާޅުވީ އެންމެ ހިތްގައިމު ކަމަކީ އިންތިހާބަށްފަހު ރައީސް ޞާލިހު ބަލިގަބޫލުފުޅުކުރެއްވުން ކަމަށެވެ. ފަހުގެ ތާރީހުގެ އިންތިހާބުތަކަށް ބަލާލާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ލިބުމުން، އެއިރު ޕީޕީއެމަށް އެ އިންތިހާބު ބަލައިގަންނަން ދަތިވި ކަމަށެވެ.

މަހްލޫފް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިގެން ދިޔަ ކަމަށާއި، ރައީސް ޞާލިހް ޕްރައިމަރީގައި ވާދަކުރައްވައިގެން މޮޅުވެވަޑައިގަތުމުން ވެސް ކޯޓަށް ވަޑައިގެންނެވި ކަމަށާއި، ނަމަވެސް ރައީސް ޞާލިހް ވަރަށް ވާދަވެރި ކެމްޕޭނަކަށްފަހު ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު ވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވާ، އެމަނިކުފާނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ކެބިނެޓާއި ރައީސް ޞާލިހް ބައްދަލުކުރައްވާ ޓްރާންސިޝަނަލް ޕީރިއަޑްގައި ވީހާވެސް ބޮޑު އެއްބާރުލުމާއި އެހީތެރިކަން އަލަށް އިންތިހާބުވި ސަރުކާރަށް ދެއްވުމަށް ރައީސް ވިދާޅުވި ކަމަށެވެ.

މިއިން ދައްކައިދެނީ މި ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ހަލާކުކޮށްނުލާ ކުރިއަށް ގެންދަވަން ބޭނުންވާކަން މިއިން ހާމަވޭ. މިއަދު މިވަނީ ރައީސް ޔާމީން، ގައުމީ މަސްލަހަތު އިސްކުރައްވާ ގެއަށް ބަދަލުކުރައްވާފައި. ކޯޓުން ކޮށްފައި އޮތް ހުކުމެއް ބާތިލެއް ނުކުރެވޭނެ، ނަމަވެސް ގައުމީ މަސްލަހަތު އިސްކުރައްވާ، ރައްޔިތުން އިއްޔެ ދެއްވި ވޯޓަށް ދެއްވި ރަނގަޅު ޖަވާބެއް އެއީ.
ޔޫތް މިނިސްޓަރ އަހުމަދު މަޚްލޫފް

ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް