Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 08:48
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އެމްޑީޕީ ކުރިއަށް ޓުވިޓަރ
ރިޔާސީ އިންތިޚާބު 2023
މި ނިންމުމާމެދު މުޅި ރާއްޖެ ހިތާމަ ކުރާނެ: ރޮޒައިނާ
ރައީސް ޞާލިހަކީ ހުރިހާ ރައްޔިތުންނަށް އަޅާލައި، ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދެއްވި ހެޔޮ ރައީސެއް
ރައީސް ޞާލިހު ވަރުގެ އޯގާތެރި، ހެޔޮ ވެރިއެއް މި ގައުމު ނުދެކޭ ކަމަށް ރާއްޖޭގެ ރައްޔިތުން އެއް އަޑަކުން ކިޔާ ދުވަސް މާލަހެއް ނުވާނެ

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމާމެދު މުޅި ރާއްޖެ ހިތާމަ ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއާ ގުޅިގެން ހިނިހިރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަރުގެ އޯގާތެރި، ހެޔޮ ވެރިއެއް މި ގައުމު ނުދެކޭ ކަމަށް ރާއްޖޭގެ ރައްޔިތުން އެއް އަޑަކުން ކިޔާ ދުވަސް މާލަހެއް ނުވާނެ ކަމަށެވެ. އެމަނިކުފާނަކީ ހުރިހާ ރައްޔިތުންނަށް އަޅާލައި، ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދެއްވި ހެޔޮ ރައީސެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މާލޭގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒުއެވެ. އެމަނިކުފާނު މި އިންތިޚާބު ކާމިޔާބު ކުރެއްވީ 52 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އަދި ރައީސް ޞާލިހަށް ލިބިވަޑައިގެންނެވީ 44 އިންސައްތަ ވޯޓެވެ.

Advertisement

ރޮޒައިނާ ވަނީ އިންތިޚާބުގައި މުއިއްޒުއާއި އެމަނިކުފާނުގެ ނާއިބު، ހުސައިން މުޙައްމަދު ލަތީފަށް މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން ރޮޒައިނާ ވަނީ އޭނާ ތަމްސީލު ކުރައްވާ މީދޫ ދާއިރާއިން ރައީސް ޞާލިހަށް ވޯޓުލި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
1 އޮކްޓޯބަރ 2023 | އާދީއްތަ 09:40
ސޮނި
ރައްޔތުންގެ ނިންމުމަށް އިހްތިރާމް ކުރައްވާ