ކ. މާލެ
|
30 ސެޕްޓެންބަރ 2023 | ހޮނިހިރު 06:23
އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބު
އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބު
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު
ޞައްހަ ވޯޓާއި ބާތިލު ވޯޓު އޮފިޝަލުންނަށް ވާނީ ރަނގަޅަށް ކިޔައިދީފައި: ހަބީބު
ދެވަނަ ބުރަށް ހުރިހާ އޮފިޝަލުންނަށް 4 ގަޑިއިރުގެ ރިފްރެޝަރ ސެޝަންތަކެއް ބާއްވާފައިވޭ
ޞައްހަ ވޯޓެއް ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައެޅުމަކީ ގާނޫނީ ކުށަކަށްވާއިރު އެކަން އޮފިޝަލުންނަށްވެސް ކިޔައިދީފައިވާނެ

ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނައިރު ޞައްހަ ވޯޓާއި ބާތިލު ވޯޓު އޮފިޝަލުންނަށް ވާނީ މިހާރު ރަނގަޅަށް ކިޔައިދީފައި ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޞައްހަ ވޯޓު ބާތިލުކަމަށް ކަނޑައެޅުމާއި ބާތިލު ވޯޓު ޞައްހަކަމަށް ކަނޑައެޅުމާއި އެކި މަރުކަޒުތަކުގެ އޮފިޝަލުން ވޯޓު ޞައްހަކަން ބެލުމަށް ގެންގުޅުނު މިންގަނޑު ތަފާތުވުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެކަމާއި ގުޅޭގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ ދެވަނަ ބުރަށް ހުރިހާ އޮފިޝަލުންނަށް 4 ގަޑިއިރުގެ ރިފްރެޝަރ ސެޝަންތަކެއް ބާއްވާފައިވާކަމަށެވެ. އަދި ވޯޓު ބާތިލުވާނެ ގޮތްތަކާއި ޞައްހަ ވާނެ ގޮތްތައް ކިޔައިދީފައިވާނެކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެއިތުރުން ޞައްހަ ވޯޓެއް ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައެޅުމަކީ ގާނޫނީ ކުށަކަށްވާއިރު އެކަން އޮފިޝަލުންނަށްވެސް ކިޔައިދީފައިވާނެކަމަށް ހަބީބު ވިދާޅުވިއެވެ. އަންނާނެ އަދަބުތައްވެސް ކިޔައިދީފައިވާނެކަމަށް ހަބީބު ވިދާޅުވިއެވެ.

ވޯޓު ފޮށީގެ ވެރިޔާ އެބަ ތިން އަހަރާއި 18 އަހަރުގެ މުއްދަތަކަށް ޖަލަށްލެވޭ ނުވަތަ 36،000 އާއި 96،000 ދޭތެރޭގެ އަދަދަކަށް ޖޫރިމަނާ ކުރެވޭ
އިސްމާއީލު ހަބީބު / އީސީގެ ނައިބު ރައީސް

މީގެއިތުރުން ހަބީބު ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓު ގުނިއިރު އޮފިޝަލުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ޞައްހަ ވޯޓު ބާތިލުކަމަށް ކަނޑައެޅުމާއި ބާތިލު ވޯޓު ޞައްހަކަމަށް ކަނޑައެޅުމަށްވެސް ވޯޓު ލާ މަރުކަޒުތަކުގައި ތިބި އޮބްޒަރވަރުންނާއި މަންދޫބުންނާއި މޮނިޓަރުން މަސައްކަތްކޮށްފައިވާކަމަށާއި އެފަދަ ކަންކަމަކީ ގާނޫނީ ކުށެއްކަމަށް ހަބީބު ވިދާޅުވިއެވެ.

ވޯޓު ގުނާ ވަގުތު ޝަކުވާ ހުށަހެޅޭނީ ހަމައެކަނި ކެންޑިޑޭޓާއި ކެންޑިޑޭޓުންގެ މަންދޫބުންނަށްކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

- ކޮމެންޓް