Advertisement
ކ. މާލެ
|
27 ސެޕްޓެންބަރ 2023 | ބުދަ 11:37
އައްޑޫސިޓީގެ ހިތަދޫގެ ކެމްޕޭން ޓީމާއި ރައީސް ބައްދަލުކުރެއްވުން
އައްޑޫސިޓީގެ ހިތަދޫގެ ކެމްޕޭން ޓީމާއި ރައީސް ބައްދަލުކުރެއްވުން
އެމްޑީޕީ
ކެމްޕޭން ހަރަކާތް
އައްޑޫސިޓީ ހިތަދޫގެ ކެމްޕޭން ޓީމާއި ރައީސް ބައްދަލުކުރައްވައިފި
މި ހަރަކާތުގައި އެމްޑީޕީގެ ގިނަ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި

އައްޑޫސިޓީ ހިތަދޫގެ ކެމްޕޭން ޓީމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބައްދަލުކުރައްވައިފިއެވެ.

ރައީސް ކެމްޕޭން ޓީމާއި ބައްދަލު ކުރެއްވީ ބުދަ ދުވަހުގެ ހެނދުނެވެ.

މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕޭންގެ ފަހު ދެ ދުވަހަކަށް ވެފައި އޮތްވާ ކެމްޕޭން ޓީމާ ބައްދަލުކުރައްވަން ފުރުސަތު ލިބިވަޑައިގަތުމަކީ އުފަލެއް ކަމަށެވެ. ރައީސް ވިދާޅުވީ މިސަރުކާރުން ގިނަ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށާއި އެއީ ލިޔެކިޔުމުން ފެންނަން ހުރި ހަޤީޤަތް ކަމަށެވެ.

ރިޔާސީ އިންތިކާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނުކުތީ އުންމީދުކުރެއްވި ގޮތަށްނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހުރި މައްސަލަތަކަށް ބައްލަވާލެއްވުމުން ފެނިވަޑައިގެންނެވީ އުންމީދު ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ފަހު ދުވަހަށް އެމްޑީޕީން ތައްޔާރަށް ނެތްކަމަށެވެ. އެގޮތުން ގިނަ މީހުން ވޯޓްނުލާ ކަމަށާއި ގޭގެއަށް ގޮސް ބައްދަލުނުކުރެވޭ މީހުން ވެސް ގިނަ ކަމަށް ވިދާޅުވިއެވެ.

Advertisement

ލިސްޓު ރަނގަޅަށް ނެބުލުމާއި ދަތުރުފަތުރު ހަމަނުޖެހުމާއި އެގްޒިޓްޕޯލް ރަނގަޅަށް ވެސް ނުބެލުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެވަނަ ބުރުގައި މިކަންތައްތަކަށް ސަމާލުވެ، އިންތިޒާމު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މި ހަރަކާތުގައި އެމްޑީޕީގެ ގިނަ އިސްފަރާތްތަކެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގައި ކުރަމުން ގެންދާ ތަރައްޤީގެ މަޝްރޫއުތައް ފެންނަ ހުރި ކަމަށާއި އެކަންތައްތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ އައްޑޫސިޓީގައި ޕޮލިސް އެކެޑަމީ އަޅަން ފެށުމުން ވެސް އިދިކޮޅުން އެކި ގޮތްގޮތަށް ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އެތަނުގައި އެއްވެސް ވަރަކަށް އިންޑިއާ ސިފައިން ނެތް ކަމަށެވެ.

މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ ދޮލަނގު މައްސަލަ ބޮޑު ކަމަށާއި އެ މައްސަލަ ބާތިލްކޮށްފިނަމަ ކާމިޔާބުވާނެ ކަމަށެވެ. ރައީސް ސާލިހުއަކީ އޯގާވެރި، ކެތްތެރި، މަޝްވަރާ ކުރައްވާ ވެރިޔެއް ކަމަށް ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ރައީސް ސާލިހަކީ ރައްޔިތުންގެ އަޑު އައްސަވާ ބޭފުޅެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް