Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 09:58
2023 ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ތެރެއިން
2023 ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2023
ޝަކުވާއަށްފަހު ފައިނަލް ވޯޓަރސް ލިސްޓް އާންމުކޮށްފި، އިތުރުވީ އެކަކު
އިންތިހާބުގެ ދެވަނަ ބުރުގައި އަލަށް 409 މީހަކު ވޯޓުލާނެ
ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހުންނަށް ލިބޭ

ރިޔާސީ އިންތިޚާބު 2023 ދެވަނަ ބުރުގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކޮށްފިއެވެ.

މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި، ކޮމިޝަނުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ. 30 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަލަށް 408 މީހަކު ވޯޓުލާނެ ކަމަށް ވަގުތީ ލިސްޓް އާންމުކުރި އިރު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު 282،395 މީހުން ތިއްބެވެ. އަދި ދެވަނަ ބުރުގައި އަލަށް ވޯޓުލާ 408 މީހުންނާއެކު ޖުމްލަ 282،803 މީހުން ވޯޓުލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެއިރު ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފައިނަލް ލިސްޓަށް އެކަކު އިތުރުވެފައިވަނީ 30 ވަނަ ދުވަހު އަލަށް ވޯޓުލާ މީހުންގެ ލިސްޓަށް ލިބުނު ޝަކުވާތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެހެންކަމުން ސެޕްޓެމްބަރު 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަލަށް 409 މީހަކު ވޯޓުލާނެއެވެ. އަދި ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހުންނަށް ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން ބުނީ ފައިނަލް ވޯޓާސް ލިސްޓު އާންމުކޮށްފައިވާއިރު ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

ބުދަ ދުވަހުން ފެށިގެން ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ދެވަނަ ބުރުގައި މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 142 ފޮށި، ހުޅުމާލޭގައި 27 އަދި ވިލިމާލޭގައި 7 ވޯޓު ފޮއްޓެވެ. އަތޮޅުތަކާއި ސިޓީތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު, ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓައެވެ. ސިނާއީ ސަރަހައްދުތަކުގައި 1 ވޯޓު ފޮށި ބަހައްޓާއިރު ރިސޯޓްތަކުގައި 65 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް