ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 07:08
އެސްޓީސީން ބޭނުންވަނީ ޔަމަނުގެ ދެކުނުގެ ސަރަހައްދުތައް މިނިވަން ކުރަން
އެސްޓީސީން ބޭނުންވަނީ ޔަމަނުގެ ދެކުނުގެ ސަރަހައްދުތައް މިނިވަން ކުރަން
ގެޓީ އިމޭޖަސް
ޔަމަން
އަލްގައިދާއިން ދިން ހަމަލާތަކެއްގައި ދެކުނު ޔަމަނުގެ 8 ހަނގުރާމަވެރިން މަރުވެއްޖެ
އެންމެ ފަހުގެ ހަމަލާތައް ދީފައި މިވަނީ ޔޫއޭއީއަށް ތާއީދުކުރާ ސެކިއުރިޓީ ބެލްޓް ފޯސްއިން އަބްޔާން ޕްރޮވިންސްގައި ހިންގި އޮޕަރޭޝަނަކާ ގުޅިގެން

ޔަމަނުގެ ދެކުނުގައި އަލްގައިދާއިން ދިން ހަމަލާތަކެއްގައި ޔަމަންގެ އަސްކަރިއްޔާގެ ހަތަރު ސިފައިންނާއެކު ހަތިޔާރު އެޅި އިތުރު ހަތަރު މީހަކު މަރުވެއްޖެ އެވެ.

ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އަށް ވަފާތެރި ބާރުތަކުން ދަނީ އެގައުމުގެ ދެކުނުގައި ފައިތިލަ ސާބިތުކޮށްފައިވާ އަލްގައިދާ ޖަމާއަތްތަކާ ދެކޮޅަށް ކެމްޕޭނެއް ހިންގަމުންނެވެ.

އެންމެ ފަހުގެ ހަމަލާތައް ދީފައި މިވަނީ ޔޫއޭއީއަށް ތާއީދުކުރާ ސެކިއުރިޓީ ބެލްޓް ފޯސްއިން އަބްޔާން ޕްރޮވިންސްގައި ހިންގި އޮޕަރޭޝަނަކާ ގުޅިގެންނެވެ.

ހަމަލާ ދީފައި ވަނީ މުދިޔާ ޑިސްޓްރިކްޓްގެ ވާދީ އޮމްރާންގެ ބޭރުގައި ވާދީ އަލް ރާފްދުގައި ޓެރަރިސްޓުންގެ ފަހަތުން ސިފައިން ޕެޓްރޯލް ކުރަމުން ދަނިކޮށް. ހަރުކަށި ފިކުރުގެ މީހުން ހަރަކާތްތެރިވާ ތަންތަނުން
އެސްޓީސީގެ އަސްކަރީ ތަރުޖަމާނު މުހައްމަދު އަލް ނަކީބު

އެސްޓީސީ އާއި އަލްގައިދާ އިން ދަ އަރަބިއަން ޕެނިންސިއުލާ (އޭކިއުއޭޕީ) އާ ދެމެދު ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ.

ދެކުނުގައި އޭކިއުއޭޕީގެ ހަމަލާތައް އިތުރުވަމުން އަންނައިރު އެ ޖަމާއަތުން އަންނަނީ ތަކުރާރުކޮށް އެސްޓީސީއާ ގުޅިފައިވާ ފައުޖުތަކަށް ހަމަލާތައް އަމާޒުކުރަމުންނެވެ. ހަރުކަށި ފިކުރުގެ ޖަމާއަތް ބޭރުކުރުމަށް ސެކިއުރިޓީ ބެލްޓުން އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ޔޫއޭއީއަށް ތާއީދުކުރާ އެސްޓީސީއަކީ ޔަމަނުގެ ދެކުނުގެ މިނިވަންކަމަށް ގޮވާލައި، އުތުރު ޔަމަނާއި ދެކުނު ޔަމަން އެއްބައިވަންތަވި 1990 ގެ ކުރިން އޮތް ހާލަތަށް އެނބުރި އައުމަށް ގޮވާލާ ވަކިވެފައިވާ ޖަމާއަތެކެވެ.

ޔަމަނުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަންއާ އާއި ޔަމަނުގެ އުތުރުގެ ބޮޑު ބައެއް ހިފުމާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރަށް އެ ގައުމުގެ ދެކުނުން ފިލަން މަޖުބޫރުވުމުންނެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ޔަމަނަށް ކުރިމަތިވި އިންސާނީ އެންމެ ނުރައްކާތެރި ކާރިސާގެ ތެރޭގައި އެތައް ހާސް ބަޔަކު މަރުވެ، އެ ގައުމުގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް