ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 20:30
ނޫނޭޒް ދެވަނަ ފަހަރަށް ލިވަޕޫލަށް ކުރިހޯދައިދިނުމަށްފަހު - ފޮޓޯ: ރޮއިޓަރސް
ނޫނޭޒް ދެވަނަ ފަހަރަށް ލިވަޕޫލަށް ކުރިހޯދައިދިނުމަށްފަހު - ފޮޓޯ: ރޮއިޓަރސް
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ވެސްޓްހޭމް ބަލިކޮށް، ލިވަޕޫލް ދެވަނާގައި
 
ލިވަޕޫލް މެޗު ކާމިޔާބުކުރީ 3-1ން

ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށް, ލިވަޕޫލުން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ދެވަނަ ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް ލިވަޕޫލުން ކުރިހޯދީ 3-1ންނެވެ. ފުރަތަމަ ހާފްގައި ލިވަޕޫލުން ކުރިހޯދީ ޕެނަލްޓީއަކުންނެވެ. ސަލާހުއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކުރީވެސް އޭނާއެވެ. ހާފް ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ބޮވެން ލަނޑުޖަހައި ވެސްޓް ހޭމްއަށް އުއްމީދު ހޯދައިދިނެވެ. އެކަމަކު އެ އުއްމީދުގައި ދެމިއޮވެވުނީ ދެވަނަ ހާފް ފަށައިގެން 15 ވަނަ މިނިޓާ ހަމައަށެވެ. ނޫނޭޒްގެ މޮޅު ލަނޑުން ދެވަނަ ފަހަރަށް ލިވަޕޫލް ކުރިހޯދިއެވެ. ލިވަޕޫލް ލީޑް ފުޅާކުރީ މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޖޮޓާ ޖެހި ލަނޑުންނެވެ. މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ލިވަޕޫލުން ބަލިނުވެ ފުރިހަމަކުރި 18 ވަނަ މެޗެވެ.

މި މޮޅާއެކު ލިވަޕޫލް ތާވަލްގެ ދެވަނާގައި އޮތީ 6 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނާގައި ސިޓީ އޮތީ 18 ޕޮއިންޓާއެކުއެވެ. ތިންވަނާގައި އޮތީ ބްރައިޓަންއެވެ. އެއީ 15 ޕޮއިންޓާއެކުއެވެ. ބްރައުޓަން ވަނީ 3-1ން ބޯންމައުތު ބަލިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް