ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 14:55
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމާފައިވޭ

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

 

 އަދި އަހަރީ އާންމު ޖަލްސާއާއި ގުޅޭ ހުރިހާ ތަފްސީލުތައް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ހާމަކުރާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

 

ގައުމީ ބޭންކް، ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ ތެރެއިން ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާ ބަހަން އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. އެ އަދަދު ހިއްސާއަކަށް ބަހާނީ، ކުރިއަށް އޮތް ބޭންކްގެ ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްގެންނެވެ. ބީއެމްއެލްގެ ރަސްމީ ވެބްސައިޓްގައި އާންމުކޮށްފައިވާ ބޯޑްގެ ނިންމުމުގައިވާ ގޮތުގައި ބޯޑުން ފާސްކުރީ، ހިއްސާއަކަށް 20 ރުފިޔާގެ މަގުން، ހިއްސާދާރުންނަށް މުޅި ޖުމްލަ 108 މިލިއަން ރުފިޔާ ބެހުމަށެވެ.

 

މިއީ މިދިޔަ އަހަރު އެ ބޭންކްގެ ހިއްސާއަކަށް 17ރ. ގެ މަގުން ބެހި ޖުމްލަ 91.4 މިލިއަން ރުފިޔާ އަށް ވުރެ، 18 ޕަސެންޓް އިތުރު އަދަދެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

 

ބީއެމްއެލް އަށް މިދިޔަ އަހަރު 1.02 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު، އެއީ 61 ޕަސެންޓުގެ ކުރިއެރުމެކެވެ. ބީއެމްއެލްގެ އާމްދަނީ ވެސް މިދިޔަ އަހަރު ވަނީ ދެ ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ގޮސް ނުލިބި ހުރި ލޯނުތަކުގެ ރޭޝިއޯ ވެސް ވަރަށް ބޮޑުތަން ކުޑަކޮށްފަ އެވެ.

 

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 33 ބްރާންޗް، 80 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 22 ސެލްފްސާވިސް ބޭންކިން ސެންޓާ އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް