ކ. މާލެ
|
23 ސެޕްޓެންބަރ 2023 | ހޮނިހިރު 12:54
އީ-ސްކޫޓާ
އީ-ސްކޫޓާ
އަރބަންކޯ
އީ-ސްކޫޓާ
އާބަންކޯއިން ތައާރަފުކުރި އީ-ސްކޫޓާ މާދަމާއިން ފެށިގެން ދުއްވޭނެ
ސްކޫޓާތައް ދުއްވަން ބޭނުންނަމަ އެންމެ ފުރަތަމަ ޖެހޭނީ "އާބަން ގްލައިޑް" އެޕްލިކޭޝަން

ހުޅުމާލޭގައި "އާބަން ގްލައިޑް"ގެ ނަމުގައި އީ-ސްކޫޓާ ސެންޓަރެއް އާބަންކޯއިން ތައާރަފްކޮށްފައިވާއިރު އެ ސެންޓަރު އާދިއްތަ ދުވަހު އާންމުންނަށް ހުޅުވާލާނެ ކަމަށް އާބަންކޯ އިން ބުނެފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާފައިވާ އާބަން ގްލައިޑް ސެންޓަރަކީ، އީ-ސްކޫޓާ ނުވަތަ ކޮޅަށް ހުރެ ދުއްވާ ބެޓެރި ސައިކަލު ދުއްވޭ ގޮތަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަދާފައިވާ ތަނެކެވެ.

Advertisement

ސެންޓަރުގައި، އީ-ސްކޫޓަރ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެ ތަނުގައި ވަނީ ހަތަރު އީ-ސްކޫޓާ ބަހައްޓާފައެވެ. މި ސްކޫޓާތައް ދުއްވަން ބޭނުންވާ ކޮންމެ މީހަކަށް ދުއްވޭނެއެވެ.

މި ސްކޫޓާތައް ދުއްވަން ބޭނުންނަމަ އެންމެ ފުރަތަމަ ޖެހޭނީ "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވާން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް