އެޕަލްގެ އައިފޯން 15 ނެރޭނެ ކަމަށް ގިނަ ބަޔަކު އިންތިޒާރު ކުރި ދުވަހުވެސް ފްރާންސްގައި ހުންނަ އެޕަލްގެ ފިހާރަތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ މުސާރަ އާއި މަސައްކަތުގެ ހާލަތާ ދެކޮޅަށް މުޅި ގައުމުގައި ހަޅުތާލު ފަށައިފަ އެވެ. މި ހަޅުތާލުގެ ސަބަބުން ފްރާންސްގެ ޓެކް ކުންފުންޏަށް ދާދި ފަހުން ކުރިމަތިވި ގޮންޖެހުންތައް އިތުރުވެފައިވާ އިރު، މި މަހުގެ ކުރީކޮޅު އެ ކުންފުނީގެ އައިފޯން 12 ވިއްކުން ހުއްޓާލަން ޖެހުނީ ރޭޑިއޭޝަން ލެވެލް، ރެގިއުލޭޓަރީ ތްރެޝްހޯލްޑް ނުވަތަ ގަވާއިދު ހުއްދަކުރާ މިންގަނޑަށްވުރެ މައްޗަށް ދިއުމުގެ ސަބަބުން ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ.
މިހަޅުތާލުގެ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އެޕަލްގެ ފްލޭގްޝިޕް ސްޓޯރުގެ ބޭރުގައި ގާތްގަނޑަކަށް 30 ސްޓާފުން ސަފަކަށް ތިއްބެވެ. ތަންކޮޅެއް ދުރުގައި، ގާތްގަނޑަކަށް 40 ވަރަކަށް ކަސްޓަމަރުން ކެތްތެރިކަމާއެކު ވިއްސާރައިގައި މަޑުކޮށްލައިގެން ފިހާރައަށް ނުވަދެވިފައި ތިއްބެވެ.
އަސްލުގައި އަޅުގަނޑުމެންނަކީ އެޕަލްއަށް މުއްސަނދިކަން ހޯދައިދޭ މީހުން، އެހެންކަމުން މިއަދު އަޅުގަނޑުމެންނަށް ކުންފުނިން ހޭދަކުރާ މިންވަރަށް ވުރެ ތަންކޮޅެއް ބޮޑުއެއްޗެއް އަޅުގަނޑުމެންނަށް ހައްގުވާ ކަމަށް އަޅުގަނޑަށް ހީވަނީއެޕަލްގައި ދިހަ ވަރަކަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ އުމުރުން 36 އަހަރުގެ މުވައްޒަފެއް ކަމުގައިވާ އަނައިސް ޑުރެލް މަސައްކަތްތެރިންގެ ޝަކުވާތައް ހިއްސާކުރި
ފްރާންސްގެ މަސައްކަތްތެރިންގެ ޔޫނިއަން (ސީޖީޓީ) ޔޫނިއަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެޕަލް ފްރާންސްގެ 2،300 ރީޓެއިލް ސްޓާފުންގެ ތެރެއިން ގިނަބަޔަކު ވަނީ ހަޅުތާލުގައި ބައިވެރިވެފަ އެވެ. ހަޅުތާލުގެ ސަބަބުން ސްޓާފުންގެ ދަތިކަން ކުރިމަތިވި ނަމަވެސް އެޕަލް ފްރާންސްގެ ހުރިހާ ފިހާރައެއް ހުކުރު ދުވަހު ވަނީ ހުޅުވާފަ އެވެ.
މި ހަޅުތާލާ ގުޅޭ ގޮތުން އެޕަލް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެޕަލްގެ މުވައްޒަފުން ތަމްސީލުކުރާ ޔޫނިއަންތަކުގެ ތެރޭގައި ސީޖީޓީ، އުންސާ، ސީއެފްޑީޓީ އަދި ސިޑްރޭ-ސީއެފްޓީސީ ގުޅިގެން ވަނީ އިންފްލޭޝަން ފޫބެއްދުމަށާއި މިހާރު ހުރި ވަޒީފާތައް ފްރީޒްކުރުން ހުއްޓާލުމަށް 7 އިންސައްތަ މުސާރަ ބޮޑުކުރުމަށް ގޮވާލާފައެވެ. ނަމަވެސް މެނޭޖްމަންޓުން ހުށަހެޅި ހުށަހެޅުން ދަށްކޮށް އެޕަލް ކުންފުނިންވަނީ 4.5 އިންސައްތަ އިގެ އުޖޫރަ ބޮޑުކުރުމަށް ކަނޑައަޅާފައިވާ ކަމަށް ޔޫނިއަންގެ އޮފިޝަލުން ބުނެއެވެ.
ސީޖީޓީ ޔޫނިއަންގެ ލީޑަރެއް ކަމަށްވާ ތާރިކް ވިދާޅުވި ގޮތުގައި އިންފްލޭޝަން އަދިވެސް ހުރީ ވަރަށް ގޯސްކޮށެވެ. ވަރަށް ގިނަ މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭ، ހަޅުތާލުގެ އަމާޒަކީ އައިފޯން ވިއްކުމަށް ހުރަސް އެޅުމުގެ ބަދަލުގައި އެ މީހުންގެ ކަންބޮޑުވުންތަކަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ވިދާޅުވި އެވެ.
އެއްބައިވަންތަކަން ދައްކުވައިދިނުމުގެ ގޮތުން ސްޕެއިންގެ ބާސެލޯނާގައި ހުންނަ އެޕަލް ފިހާރައެއްގެ މަސައްކަތްތެރިންވެސް ވަނީ ފްރާންސްގެ އެކުވެރިންނާ އެކު މުޒާހަރާކޮށްފަ އެވެ. ހުކުރު ދުވަހު ހެނދުނު ބާސެލޯނާ ފިހާރަ ކައިރީގައި 250 އެއްހާ ކަސްޓަމަރުން ކިޔޫ ހަދާފައި ވެ އެވެ. ގާތްގަނޑަކަށް ވިއްސަކަށް މުވައްޒަފުން ފިހާރައިގެ ބޭރުގައި އިންފޮމޭޝަން ޕިކެޓެއް ބަހައްޓައި، މަސައްކަތުގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފައި ވެއެވެ، އޭގެ ތެރޭގައި އެކަށީގެންވާ ބަދަލެއް ނެތި ހަފުތާ ބަންދު އަދި ރޭގަނޑު މަސައްކަތް ކުރުން ހިމެނެ އެވެ.
ސީއެންޓީ އެޕަލް ޔޫނިއަންގެ ލީޑަރު ޕަބްލޯ ޕަރޭޑޭސް ވިދާޅުވީ ފްރާންސްގައި ހަރަކާތްތެރިވާ އެޕަލް ޔޫނިއަންގެ ލީޑަރުންނާ އެކު އޮގަސްޓް މަހުން ފެށިގެން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ސްޕެއިންގައި ހުރިހާ ޔޫނިއަންތަކުން މިހަޅުތާލު ކުރަން އެއްބަސްވެފައި ނުވާއިރު ސީއެންޓީ އަކީ މައިނޯރިޓީ ޔޫނިއަންއެއްގެ ގޮތުގައި އޮތް ނަމަވެސް އެޕަލްގެ މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ލިބޭނެ ކަމަށް އުއްމީދު ކުރެ އެވެ.
ފްރާންސާއި ސްޕެއިންގައި އެޕަލްގެ މަސައްކަތްތެރިންގެ މި ހަޅުތާލުން ދޭހަކޮށްދެނީ އައިފޯން 15 ފަދަ އާ އުފެއްދުމެއް ލޯންޗްކުރާ ޚާއްޞަ ދުވަހު ވެސް މުވައްޒަފުން އިންސާފުވެރި ބަދަލު ހޯދުމަށާއި މަސައްކަތުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރާ ޓެކް އިންޑަސްޓްރީގައި މަސައްކަތްތެރިންގެ މައްސަލަތަކުގެ މުހިންމުކަމެވެ.