ކ. މާލެ
|
23 ސެޕްޓެންބަރ 2023 | ހޮނިހިރު 05:53
ރައީސް ޞާލިހު ކުރިޔަށްގެންދަވާ މާލޭގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
ރައީސް ޞާލިހު ކުރިޔަށްގެންދަވާ މާލޭގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
އެމްޑީޕީ
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން
އެމްޑީޕީން މުޅި ރާއްޖޭގައި "ދޮރުން ދޮރަށް" ހަރަކާތް ހޮނިހިރު ދުވަހު ހިންގަނީ
 
ހޮނިހިރު ދުވަހުގެ ހަވީރު 4ން 6ށް އެމްޑީޕީން މުޅި ރާއްޖޭގައި "ދޮރުން ދޮރަށް" ހަރަކާތް ކުރިޔަށްގެންދާނެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕެއިންކުރުމުގެ ގޮތުން އެމްޑީޕީން މުޅި ރާއްޖޭގައި "ދޮރުން ދޮރަށް" ހަރަކާތް ހިންގުމަށް ހަމަޖެހިއްޖެއެވެ.

އެގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 4ން 6ށް އެމްޑީޕީން މުޅި ރާއްޖޭގައި "ދޮރުން ދޮރަށް" ހަރަކާތް ކުރިޔަށްގެންދާނެކަމަށް އެޕާޓީން ބުނެއެވެ.

ފުރަތަމަ ބުރުން ލިބުނު ނަތީޖާއާއެކު އެމްޑީޕީން ވަނީ ކުރިން ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަމުންދިޔަ ގޮތް ބަދަލުކުރުމަށްފަހު ރައްޔިތުންނާ ކައިރިއަށް ގޮސް ކެމްޕެއިން ކުރުމުގެ ހަރަކާތްތައް ކުރިޔަށްގެންދަން ފަށާފައެވެ. މިގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެންދަވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ކައިރިން ބައްލަވަމުންނެވެ.

މިހާތަނަށް ރައީސް ވަނީ މާފަންނުގެ ބައެއް ސަރަހައްދުތަކުގެ ގެތަކަށާއި ހެންވޭރު އުތުރު އަދި ދެކުނުގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ބައެއް ގޭގެއަށް ވަޑައިގެންނެވުމުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކުރިޔަށްގެންދަވާފައިވެއެވެ. އަދި ހުކުރު ދުވަހު ވިލިމާލެއަށްވެސް ވަޑައިގަންނަވާފައިވެއެވެ.

ރައީސްގެ އިތުރުން ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ ވަޒީރުންވެސް ގެންދަވަނީ ދޮރުން ދޮރަށް ހަރަކާތް ކުރިޔަށްގެންދަވަމުންނެވެ.

ފުރަތަމަ ބުރުގެ ނަތީޖާއާއެކު ރައީސް ޞާލިހު ވިދާޅުވެފައިވަނީ ފުރަތަމަ ބުރުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރަކަށް އެމްޑީޕީ އާއި ގުޅިފައިވާ ކޯލިޝަނުން ރަނގަޅަށް ތައްޔާރުވެފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް