Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2023 | ބުރާސްފަތި 21:29
މާލޭގެ ޑޯޓުޑޯ ހަރަކާތްތަކުގެ ތެރެއިން
މާލޭގެ ޑޯޓުޑޯ ހަރަކާތްތަކުގެ ތެރެއިން
އެމްޑީޕީ
ކެމްޕޭން ހަރަކާތްތައް
މާލޭގައި، މިހަފުތާގައި ކެމްޕޭން ހަރަކާތްތައް ނިންމެވުމަށްފަހު ރައީސް ރަށްތަކަށް ވަޑައިގަންނަވާނެ
ރަށްތަކަށް ދަތުރު ކުރައްވާނީ އަންނަ ހަފުތާގައި

މާލެ ސިޓީގައި މި ހަފުތާގައި ކެމްޕޭން ހަރަކާތްތައް ނިންމެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރަށްތަކަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ދެވަނަ ބުރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ރައީސް ގެންދަވަނީ މާލޭގައި ޑޯޓުޑޯ ހަރަކާތްތައް ހިންގަވަމުންނެވެ. އެމަނިކުފާނު ވަނީ މިހާތަނަށް މާފަންނު މެދު ދާއިރާ، މެދު ހެންވޭރު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވާފައެވެ.

ރައީސް ވިދާޅުވީ ކެމްޕޭން ހަރަކާތްތައް މާލޭގައި މިހަފުތާގައި ހިންގެވުމަށްފަހު، ބައެއް ރަށްތަކަށް ދަތުރުކުރެއްވުމަށް ނިންމަވާފައި ވާކަމަށެވެ.

Advertisement

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ސާލިހަށް ލިބިވަޑައިގެންނެވީ ދެވަނައެވެ. އަދި ކުރި ހޯއްދެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެކަމާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ ކެންޕޭން ކުރުމުގައި ގޯސްތަކެއް ހެދިފައިވާކަމަށެވެ.

އެހެންކަމުން ދެވަނަ ބުރުގެ ކެންޕޭންގައި އެ މައްސަލަތަކަށް ހައްލު ލިބޭގޮތަށް ކެންޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް އެމްޑީޕީން ބުނެއެވެ. މީގެ އިތުރުން އެމްޑީޕީން ބުނީ ސަރުކާރަށް އަމާޒުކޮށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދުދިނުމާއި، ދޮގު ވާހަކަތަކުގެ ހަގީގަތްތައް ރައްޔިތުންނަށް ހާމަކޮށްދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް