Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2023 | ބުރާސްފަތި 19:34
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު މާފަންނު ހުޅަނގު ރައްޔިތުން ގާތަށް ދޮރުން ދޮރަށް ހިންގެވުން
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު މާފަންނު ހުޅަނގު ރައްޔިތުން ގާތަށް ދޮރުން ދޮރަށް ހިންގެވުން
އެމްޑީޕީ
ޑޯޓުޑޯ ހަރަކާތްތައް
އެމްޑީޕީން މާފަންނު ހުޅަނގު ދާއިރާގައި ޑޯޓުޑޯ ހަރަކާތްތައް ކުރިއަށް ގެންގޮސްފި
މި ހަރަކާތުގައި ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ބައިވެރިވެފައިވޭ
ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ން 6:00ށް

ދެވަނަ ބުރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން އެމްޑީޕީން މާފަންނު ހުޅަނގު ދާއިރާގައި ޑޯޓުޑޯ ހަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި މާފަންނު ހުޅަނދު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުއެވެ.

Advertisement

މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 5:00ން 6:00ށެވެ. މިހަރަކާތުގައި ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު މާފަންނު ހުޅަނގު ރައްޔިތުން ގާތަށް ދޮރުން ދޮރަށް ހިންގެވުން

ގިނަ އަދަދެއްގެ ގެތަކަށް ރައީސް ވަޑައިގެން، ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ބައްލަވާފައިވާއިރު، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައްޔިތުން އެދޭ ގޮތަށް މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަރަމަ ބުރަކީ އެންމެ މަދުން ވޯޓްލާން މީހުން ނިކުތް އިންތިޚާބު ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު ބައްދަލުކުރެއްވި ބައެއް ގެތަކުގެ މީހުންވެސް އިންތިޚާބުގައި ވޯޓްނުލާ ކަމަށް ދެންނެވި ކަމަށާއި، އެނބުރި ނާމާންކަމާއި ބިރުވެރިކަމުގެ ތެރެއަށްދާން ބޭނުންނުވާތީ ދެވަނަ ބުރުގައި ވޯޓްލާނެކަމަށް އެމީހުން ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހު މާފަންނު ހުޅަނގު ރައްޔިތުން ގާތަށް ދޮރުން ދޮރަށް ހިންގެވުން

ރައީސް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވީހާވެސް ގިނަ ބަޔަކު ނިކުމެ ވޯޓް ދިނުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ މެނިފެސްޓޯއަކީވެސް ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް، ރައްޔިތުން ބާރުވެރިކުރުވުމަށް ތައްޔާރުކުރެވިފައިވާ މެނިފެސްޓޯއެއް ކަމަށް އެމްޑީޕީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް