Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2023 | ބުރާސްފަތި 14:40
އަތުލައިގަތް މަސްތުވާތަކެތި
އަތުލައިގަތް މަސްތުވާތަކެތި
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުން
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 490 ގުރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
މި މައްސަލަ އިތުރަށް ތަހުގީގުކުރާނީ ފުލުހުން
މި މައްސަލައިގައި އަތުލައިގަތް ތަކެތި ފުލުހުންނާއި ވަނީ ހަވާލުކޮށްފަ
ކަސްޓަމްސް އިން ފުރަތަމަ މަރުހަލާގއި ކުރި ތަހުލީލުގައި މި ތަކެތި ކެނެބިސްއަށް ޕޮޒިޓިވްވެފައިވޭ

ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 490 ގުރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް އެމެރިކާ އިން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމާއި ގުޅިގެން ކަސްޓަމްސް އިން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގަ ކަމަށެވެ.

Advertisement

އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އަދި ކަސްޓަމްސް އިން ފުރަތަމަ މަރުހަލާގއި ކުރި ތަހުލީލުގައި މި ތަކެތި ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އަތުލައިގަތް ތަކެތި ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރާނީ ފުލުހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް