ކ. މާލެ
|
21 ސެޕްޓެންބަރ 2023 | ބުރާސްފަތި 14:37
ކަސްޓަމްސް
ކަސްޓަމްސް
އިމްޕޯޓް- އެކްސްޕޯޓު
އޮގަސްޓް މަހު ރާއްޖެ އަށް ފަސް ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި
 
ޔޫއޭއީ އިން 648 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ
 
އޮމާން އިން 887 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައިވޭ
 
ފާއިތުވި މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލުގެ ސީއައިއެފް އަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާކިޔާ ނަމަ ހަތް އިންސައްތަ އިތުރު އަދަދެއް

މިދިޔަ އޮގަސްޓް މަހު ރާއްޖެ އަށް ފަސް ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާ އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލުގެ ސީއައިއެފް އަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާކިޔާ ނަމަ ހަތް އިންސައްތަ އިތުރު އަދަދެކެވެ.

2022ގެ އޮގަސްޓްގައި ރާއްޖެ އަށް 4.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. ވޭތުވެދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ، އޮމާން، އިންޑިއާ، ޗައިނާ އަދި ޖަރުމަނު ވިލާތެވެ. އެގޮތުން ބަލާ އިރު ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާ އިން 398 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އަދި ޖަރުމަނު ވިލާތުން 364 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އޮމާން އިން 887 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައިވެއެވެ. މީގެ އިތުރުން އިންޑިއާ އިން 736 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު ޔޫއޭއީ އިން 648 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

އެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ އަކީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާ ކިޔާ އިރު 17 އިންސައްތަ ދަށް އާމްދަނީއެކެވެ. 2022 ވަނަ އަހަރުގެ އޮގަސްޓް މަހު 391 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. އަދި މި އަހަރުގެ އޮގަސްޓް މަހު މި އަދަދުވަނީ 324 މިލިއަން ރުފިޔާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް