ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 13:44
މާލޭގެ ވިޔަފާރި ބަނދަރު
މާލޭގެ ވިޔަފާރި ބަނދަރު
އެމްޕީއެލް
އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ
މިދިޔަ ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު %7 އިތުރު
 
ޔޫ.އޭ.އީ އިން 938 މިލިއަން މުދާ އެތެރެކޮށްފައިވޭ
 
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، އޮމާން، އިންޑިއާ، ޗައިނާ އަދި ސިންގަޕޫރުން

މިދިޔަ ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 7 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ ފާއިތުވި ޖަނަވަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފްއަގު 2023 ވަނަ އަހަރުގެޖަނަވަރީމަހާ އަޅާބަލާއިރު 31 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. 2023 ވަނަ އަހަރުގެޖަނަވަރީމަހު ދިވެހިރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ނޮވެމްބަރު މަހު މި އަދަދުވަނީ 5.1 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށެވެ.

މީގެއިތުރުން، ފާއިތުވި ޖަނަވަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 7 އިންސައްތަ ވަނީ އިތުރުވެފައެވެ. 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު 349 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު މި އަދަދުވަނީ 373 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ވޭތުވެދިޔަ ޖަނަވަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީއަށް ބަލާއިރު، ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، އޮމާން، އިންޑިއާ، ޗައިނާ އަދި ސިންގަޕޫރެވެ.

ޔޫ.އޭ.އީ އިން 938 މިލިއަން މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 774 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 671 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ސިންގަޕޫރުން 550 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ބަންގްލަދޭޝް އަދި އިންޑިޔާއަށް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް