ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 10:54
ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ހަމަޖެއްސި ކަމުގެ ފަތްކޮޅު ނިމާލާ ހަވާލު ކުރަނީ
ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ހަމަޖެއްސި ކަމުގެ ފަތްކޮޅު ނިމާލާ ހަވާލު ކުރަނީ
ޤާޟީ ނިމާލް އަވަހާރަވުން
ސިވިލް ކޯޓުގެ އިސް ޤާޟީ ނިމާލް އަވަހާރަވުމާއި ގުޅިގެން ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
އަޙްމަދު ނިމާލު އަވަހާރަވީއިރު ޢުމުރުފުޅަކީ 36 އަހަރު
ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރާނެ

ސިވިލްކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އަޙްމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާނު ނިންމަވައިފިއެވެ.

އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ބުނީ، ގާޒީ ނިމާލު އަވަހާރަވުމާއި ގުޅިގެން ޝަރުއީ ދާއިރާގެ ދިދައާބެހޭ ޤަވާއިދުގެ 14 ވަނަ މާއްދާއާ އެއްގޮތަށް، ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރި ކުރުމަށް އުއްތަމަފަނޑިޔާރު ނިންމަވާފައިވާކަމަށެވެ.

ނިމާލު އަވަހާރަވީ އަންގާރަ ދުވަހުގެރޭ ދަންވަރު 12:00 ހާއިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމާލު އަވަހާރަވީ ރޭގަނޑުގެ ފަރިއްކޮޅަށްފަހު، ކުއްލިއަކަށް ގޭސްޓްރިކް ވެގެންނެވެ.

އޭގެ ފަހުން ނޭވާ ހާސްވެ ކުއްލިއަކަށް ވިންދު ހުއްޓުމުން ފަރުވާއަށް ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އަވަހާރަވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގއ.މާމެންދޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު ނިމާލު އަވަހާރަވީއިރު ޢުމުރުފުޅަކީ 36 އަހަރެވެ.

އޭނާގެ ކަށުނަމާދު އޮންނާނީ ހުޅުމާލެ ސަހަރާ މިސްކިތް (މަސްޖިދު ޒައިދު ބިން ޘާބިތު) ގައި ބުދަ ދުވަހުގެ މެންދުރު ނަމާދަށް ފަހުގައެވެ.

- ކޮމެންޓް