Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 07:08
އަންގާރަ ދުވަހުގެ ރޭ އޮތް ގަލޮޅު ކަންމަތީ ބައްދަލުވުމުގައި ޝައުނާ ވާހަކަފުޅު ދައްކަވަނީ
އަންގާރަ ދުވަހުގެ ރޭ އޮތް ގަލޮޅު ކަންމަތީ ބައްދަލުވުމުގައި ޝައުނާ ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
ގަލޮޅު ކަންމަތީ ބައްދަލުވުން
އަނިޔާވެރިޔެއް ނުވާނެ، ވައްކަން ނުކުރައްވާނެ، ޔަޤީންކުރައްވާ: ޝައުނާ
ރައީސް ސާލިހަށް ތާއިދުކުރައްވާ ސަބަބަކީ އެމަނިކުފާނަކީ އަނިޔާވެރި ވެރިޔަކަށް ނުވުމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަނިޔާވެރި ނުވާނެ ކަމަށާއި އެމަނިކުފާނު ވައްކަން ނުކުރައްވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ގަލޮޅު ކަންމަތީގައި ކުރިޔަށްގެންދިޔަ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝައުނާ ވިދާޅުވީ ރައީސް ސާލިހަށް ތާއިދުކުރައްވާ ސަބަބަކީ އެމަނިކުފާނަކީ އަނިޔާވެރި ވެރިޔަކަށް ނުވުމުން ކަމަށާއި އަދި ވައްކަން ވެސް ނުކުރައްވާނެތީ ކަމަށެވެ. އަދި އެއީ ޔަޤީންކަން އޮތް ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީން ކުރަމުން އަންނަ މަސައްކަތަކީ މުޅި ރާއްޖެ ބަދަލު ކުރުމުގެ މަސައްކަތް ކަމަށާއި އަމާން ރާއްޖެއަކަށް ފެށި ދަތުރުގައި މި ސަރުކާރުން ގިނަ ވައުދުތައް ވެ، އެ ވައުދުތައް ފުއްދި ކަމަށް ޝައުނާ ވިދާޅުވިއެވެ.

Advertisement

އުންމީދަކީ މި އިންތިޚާބު ބޮޑުތަނުން ރައީސް ސާލިހު ކާމިޔާބު ކުރެއްވުން ކަމަށާއި ރައްޔިތުން ހިތްވަރާއެކު އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް ޝައުނާ އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގައި މިހާރު އޮތީ އަނިޔާވެރިކަމުގެ ފިކުރާއި ހެޔޮވެރިކަމުގެ ފިކުރުކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ފާއިތުވި މާޒީގައި ލިބުނު އަނިޔާތައް ރައްޔިތުން ހަނދާން ނުނެތޭނެ ކަމަށެވެ.

ޝައުނާ ވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ހުރިހާ ރައްޔިތުން ނުކުމެ، ރައީސް ސާލިހަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް