Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2023 | އަންގާރަ 11:49
ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
އެމްޑީޕީ
ރިޔާސީ އިންތިޚާބު 2023
އެމްޑީޕީގެ ފަރާތުން އެއްވެސް ބައެއްގެ ކެމްޕޭނަށް ހުރަހެއް ނާޅާނެ: ރައީސް
ކޮންމެ ކެންޑިޑޭޓަކަށްވެސް ކެމްޕޭނު ކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ
އެއްވެ އުޅުމުގެ މިނިވަންކަން މި ސަރުކާރުން ދީފައިވާނެކަމަށް ރައީސް ވިދާޅުވި
ކެމްޕޭނު ކުރުމުގެ ފުރުސަތު ހުރިހާ ޕާޓީއަކަށްވެސް ދެއްވުމަށް ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކުރައްވާފައިވޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެއްވެސް ޕާޓީއެއްގެ ކެމްޕޭނަށް ހުރަހެއް ނާޅާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ދެއްވައިފިއެވެ.

ހެންވޭރު އުތުރާއި ދެކުނުގެ ބައެއް ގޭގެއަށް، ހޯމަ ދުވަހު "ދޮރުން ދޮރަށް" ކެމްޕެއިނަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ކެންޑިޑޭޓަކަށްވެސް ކެމްޕޭނު ކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި، އެމްޑީޕީން ވަކާލާތު ކުރި ކަމަކީވެސް އެއީ ކަމަށެވެ.

Advertisement

މި ސަރުކާރުން ދެން ތިބި ޕާޓީތަކަށް އެ ފުރުސަތު ދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހިޔާލު ފާޅު ކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން މި ސަރުކާރުން ދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގައިވެސް ހުރިހާ ފަރާތްތަކަށްވެސް ފަހި ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް އެ ފުރުސަތު ދެވިއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސް ވަނީ ދަތިނުކޮށް، ކެމްޕޭނު ކުރުމުގެ ފުރުސަތު ހުރިހާ ޕާޓީއަކަށްވެސް ދިނުމަށް ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ކެމްޕޭނު ކުރުމަށް ދަތި ކުރުން ފަދަ ކަންކަން އެއީ ޑިމޮކްރަޓިކް މާހައުލެއްގައި ކޮށްގެންވާނެ ފަދަ ކަންކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމްޑީޕީގެ ފަރާތުން އެއްވެސް ބައެއްގެ ކެމްޕޭނަށް ހުރަސް ނާޅާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެކަމުގައި އެއްވެސް ޕާޓީއަކަށް އެއްވެސް ބާވަތެއްގެ ހުރަހެއް ނޯންނާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އެހެން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭސް 2 ސަރަހައްދުގެ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސްއެޅި މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.

އޭގެ އިތުރުން، ގދ މަޑަވެލީގައި އެމްޑީޕީގެ ކެމްޕޭނު ކުރިއަށް ގެންދަން ތައްޔާރު ކުރި ތަނުގައި ބަޔަކު ހުޅުޖެހި މައްސަލައެއްވެސް މިފަހުން ފެންމަތިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް