Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 16:43
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު
އިންތިޚާބުގައި ހިތްހަމަ ނުޖެހޭ އެތައް ކަމެއް އެބަހުރި، އެކަމަކު ކޯޓަށް ދާކަށް ނުވިސްނަން: މާރިޔާ
އިންތިޚާބު ބާތިލު ކުރާވަރަށް މި ފަހަރުގެ ބާތިލު ވޯޓު ގިނަ

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހިތްހަމަނުޖެހޭ އެތައް ކަމެއް ހުރި ނަމަވެސް ކޯޓަށް ވަޑައިގަތުމަށް ނުވިސްނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ޞާލިހު ބޭއްވެވި ޚާއްސަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ އިންތިޚާބު ބާތިލު ކުރާވަރަށް މި ފަހަރުގެ ބާތިލު ވޯޓު ގިނަ ކަމަށާއި ސައްޙަ ވޯޓު ވެސް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ނިންމާފައި ކަމަށެވެ.

Advertisement

ކިޔު ދިގުވުމުގެ ސަބަބުން އެތައް ބަލި މީހުންނެއް ވޯޓު ނުލެވި ގެއަށް ވެސް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދުވަސްވީ މީހުންނަށް ވީލްޗެއާ އެއްވެސް ނެތް ކަމަށާއި ކިޔުގައި މަޑުކުރާ އިރު އިށީންނާނެ ގޮތެއް ވެސް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވާފައިވަނީ 100،000ށްވުރެ ގިނަ ވޯޓާ އެކު އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަތީ 86،000 ވޯޓެވެ. އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ، 50 ޕަސެންޓަށްވުރެ އިތުރުވާ މިންވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައި ނުވާތީ ދެ ވަނަ ބުރެއްގެ ވޯޓުލުން މި މަހު 30 ގައި ބޭއްވުމަށްވަނީ ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް