ކ. މާލެ
|
12 ސެޕްޓެންބަރ 2023 | އަންގާރަ 07:26
މެޗުގައި ލަނޑު ޖެހުމަށްފަހު ވޭލްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ވޭލްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ ކޮލިފިކޭޝަން
ލަޓްވިއާ ބަލިކޮށް ވޭލްސް އަށް އުންމީދެއް
މޮޅާއެކު ވޭލްސް އޮތީ މި ގްރޫޕްގެ ހަތަރު ވަނައިގައި

މިހާރު ކުރިއަށްދާ ޔޫރޫ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ލަޓްވިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ވޭލްސް އަށް އުންމީދެއް ލިބިއްޖެ އެވެ.

މި ދެ ޓީމު ހިމެނިފައި ވަނީ ގްރޫޕް ޑީގަ އެވެ. މި ގްރޫޕްގައި ހޯމަ ދުވަހުގެ ރޭ ލަޓްވިއާއާ ދެކޮޅަށް ކުޅުނު މެޗު ވޭލްސް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ވޭލްސްް އިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ވޭލްސް އިން ކުރި ހޯދީ 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. އެއީ ލަޓްވިއާގެ އޭރިޔާ ތެރެއިން ވޭލްސްގެ ހެރީ ވިލްސަން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް ވޭލްސް އަށް ކުރި ހޯދައިދިނީ އާރޮން ރަމްސޭ އެވެ. ވޭލްސްގެ ފަހު ލަނޑު އެ ޓީމުން ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރެގަ އެވެ. ވިލްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިލޮން ބްރޫކްސް ފޮނުވާލި ބޯޅަ ދިޔައީ ލަޓްވިއާގެ ގޯލް ކީޕަރުގެ އަތް މަތީންނެވެ.

މޮޅާއެކު ވޭލްސް އޮތީ މި ގްރޫޕްގެ ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަނައިގައި އޮތް އަރުމޭނިއާ އަށް ވެސް ލިބެނީ ފަސް ޕޮއިންޓެވެ. ނަމަވެސް އެ ޓީމު ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ. ކޮލިފިކޭޝަންގައި ވޭލްސް އަށް ދެން އޮންނާނީ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށްފަހު އެ ޓީމު ކުޅޭނީ އަރުމޭނިއާއާ ދެކޮޅަށެވެ.

- ކޮމެންޓް