Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2023 | ހޯމަ 14:36
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުން
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުން
އެމްޑީޕީ
ރިޔާސީ އިންތިޚާބު 2023
ދާއިރާތަކުގެ ކެމްޕޭނަށް ބަދަލުތަކެއް ގެނެސް، އައު ހިތްވަރަކާއެކު ފެށުމަށް ޤައުމީ މަޖިލީހުގައި މަޝްވަރާކޮށްފި
ރައީސް ވިދާޅުވީ، ކެމްޕޭނު އަލުން ފެއްޓެވުމަށްޓަކައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް
ދާއިރާތައް ބެހުމުގައި މާ ބޮޑުކޮށް މީހުންނާ ހަވާލު ކުރެވިފައިވާކަން ރައީސް ފާހަގަ ކުރެއްވި
ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ވޯޓުލުމަށް ބާރުއެޅުމާއި، ކޯލިޝަނާއެކު ކުރިއަށް ދިއުމަށް ކުރަންޖެހޭ މަޝްވަރާތައް ވަނީ ކުރައްވާފައި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ ކެމްޕޭނަށް ބަދަލުތަކެއް ގެނެސް، އައު ހިތްވަރަކާއެކު ކެމްޕޭނު ފެށުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުގައި މަޝްވަރާކޮށްފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު ނުކުމެވަޑައިގެން އަދަދު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ސާލިޙު ވިދާޅުވީ، ކެމްޕޭނު އަލުން ފެއްޓެވުމަށްޓަކައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެކި ދާއިރާތަކުން އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިމާވެފައިވާ މައްސަލަތައް ބެލުމަށްފަހު، އެކަންކަމަށް ޙައްލު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ މަޝްވަރާތައް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށްވެސް އިތުރު ބައްދަލުވުންތައް އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި ރޭވިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އިންތިޚާބުގައި ހެއްދެވިފައިވާ ގޯސްތަކާއި، ރަނގަޅު ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން މިހާރު ސާފުވެވަޑައިގެންފައިވާ ކަމަށާއި، އިންތިޒާމުތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. އެގޮތުން ދާއިރާތައް އެކި މެންބަރުންނާ ޙަވާލު ކުރެއްވުމުގައި ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

މިސާލަކަށް ދާއިރާތައް ބެހުމުގައި މާ ބޮޑުކޮށް މީހުންނާ ހަވާލު ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ވޯޓުލުމަށް ބާރުއެޅުމާއި، ކޯލިޝަނާއެކު ކުރިއަށް ދިއުމަށް ޕާޓީގެ ތެރޭގައި ކުރަންޖެހޭ މަޝްވަރާތައް ވަނީ ކުރައްވާފައެވެ.

އަދި އިތުރަށް ކެމްޕޭނު ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް