Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 11:36
ރައްޔިތުންގެ މަޖިލިސް ޖަލްސާ
ރައްޔިތުންގެ މަޖިލިސް ޖަލްސާ
މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރު ކުރިއަށްގެންދާނެ ގޮތަކާމެދު ގޮތެއް ނިންމަނީ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 7 ޖޫން 2023 ގައި
ނަޝީދުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅި ޤަރާރުގައި 54 މެންބަރުން ސޮއި ކުރައްވާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނެ ގޮތަކާއިމެދު ގޮތެއް ނިންމުމަށް އެޖެންޑާކޮށްފިއެވެ.

މި މައްސަލައިގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ ހޯމަ ދުވަހުގެ 09:00 އަށެވެ.

54 މެންބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 7 ޖޫން 2023 ގައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅި ޤަރާރުގައި 54 މެންބަރުން ސޮއި ކުރައްވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެންބަރުންނާއި އިތުރު 4 މެންބަރަކެވެ.

ޤަރާރުގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ޖެހުމެއް ނެތި ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި، ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކާ އެެއްގޮތްވާ ގޮތުގެ މަތިން ޖަލްސާތަކާއި ކޮމިޓީތަކުގެ ކަންކަން ހިންގަވަން ޖެހޭ ފަރާތް ނަމަވެސް، ކަން ހިނގަމުންދަނީ އެގޮތަށް ނޫން ކަމަށެވެ.

Advertisement

އޭގެ އިތުރުން، މަޖިލީހުގެ މެންބަރުން ނިސްބަތްވާ ޕާޓީތަކަށް އައި ބަދަލުތަކާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން ޖެހުނު ނަމަވެސް، އެކަން ދިގު ދަންމަވާ މައްސަލައަށްވެސް ޤަރާރުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އެހެންނަމަވެސް، ނަޝީދާއި، ނައިބްރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގައި މަރުތަޅު އަޅުވައި، މުހިއްމު ގިނަ މަސައްކަތްތަކެއް ހުއްޓިފައިވާތީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

މަޖިލީހުގެ މެންބަރުން ނިސްބަތްވާ ޕާޓީތަކަށް އައި ބަދަލުތަކާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން ޖެހުނު ނަމަވެސް، އެކަން ދިގު ދަންމަވާ މައްސަލައަށްވެސް އެ ޤަރާރުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އަދި އެތައް ހައްސާސް މައްސަލައަކާއި ބިލުތަކެއްގެ އިތުރުން، ދައުލަތް ހިންގުމާ ގުޅޭ މުހިންމު ޤާނޫނުތަކާ ގުޅޭ ވޯޓުތައް ހިމެނޭއިރު، އެ ވޯޓު ނުނަންގަވައި، ޤަވާއިދާ ޚިލާފަށް އެ މަސައްކަތްތައް ލަސް ކުރައްވަމުން ގެންދަވާކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް