އެމެރިކާގެ ރައީސް ޖޯ ބައިޑެން އާދިއްތަ ދުވަހު ވިއެޓްނާމްގެ ވެރިކަން ކުރާ ސިޓީ ހަނޯއީއަށް ވަޑައިގަންނަވައިފިއެެވެ.
ޖޯ ބައިޑެން ވިއެޓްނާމަށް ވަޑައިގަންނަވާފައިވާއިރު މި ދެ ގައުމަކީ ސްޓެރެޓެޖިކް ބައިވެރިން ގޮތުގައި މި ދަތުރުފުޅުގެ ތެރެއިން އިއުލާން ކުރައްވަފާނެ ކަމަށް ވަނީ ބެލެވެން ފަށާފައެެވެ. ސަބަބަކީ އޭޝިއާގެ ޤައުމުތަކަށް ޗައިނާގެ މިލިޓަރީ އަދި ޑިޕްލޮމެޓިކް ނުފޫޒު ފޯރުވަމުން ދިޔުން ކުޑަ ކުރުމަށް އެމެރިކާ އިން މަސައްކަތް ކުރުމެވެ.
މީޑިއާ ރިޕޯޓްތަައް ބުނާގޮތުން ރައީސް ބައިޑެން ވިއެޓްނާމްގެ ޝާހީ ގަނޑުވަރަށް ވަޑައިގަންނަވާނީ އާދިއްތަ ދުވަހުގެ މެންދުރު ފަހެވެ. އެ ތަނުގައި ބައިޑެން އަށް މަރުޚަބާ ދެންނެވުމުގެ ޚާއްސަ ހަރަކާތެއް އޮންނާނެއެވެ. އަދި ބައިޑެން އަށް ރަސްމީކޮށް މަރުޚަބާ ދަންނަވާނީ ވިއެޓްނާމްގެ އެންމެ ނުފޫޒުގަދަ ލީޑަރު ކަމަށްވާ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކޭޓް ނައިން ފޫ ޓްރޮންގްއެވެ. އެއަށް ފަހު ދެން ވަޑައިގަންނަވާނީ ޕާޓީ ހެޑްކުއާޓަރސްއަށެވެ. އަދި އާދިއްތަ ދުވަހު އެ ދެ ބޭފުޅުންގެ ޚާއްސަ ބައްދަލުވުމެއް އޮންނާނެއެވެ. އެއަށް ފަހު ގުޅިފައިވާ ބަޔާނެއް އާއްމުންނާއި ހިއްސާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ދެ ގައުމުގެ ގުޅުން ބަދަހިކޮށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ ގުޅުންތައް ވެސް ބަދަހިކުރާނެއެވެ. އަދި ވިއެޓްނާމާއި ޗައިނާއާ ދެމެދު އެތައް ޒަމާނެއްވަންދެން ހައްލުނުކުރެވި އޮތް ދެކުނު ޗައިނާގެ ކަނޑުގެ މައްސަލައިގައި މަޝްވަރާކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާނެއެވެ.