ރިޔާސީ އިންތިޚާބާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ އިންތިޚާބުގައި އަތޮޅުތަކާއި މާލެ ހިމެނޭހެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހަތް މީހުން ކަމަށެވެ. އޭގެ ތެރޭގައި ވޯޓު ކަރުދާސް ދެއްކި މީހެއްގެ މައްސަލަވެސް ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ އެފަދަ މައްސަލަ އެއް ދިމާވެއްޖެނަމަ މިފަހަރު ފިޔަވަޅު އަޅާނެކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ބައެއް މަރުކަޒުތަކުގެ ވޯޓުލުން އެކި ސަަބަބުތަކާއި ހެދި މެދުކެނޑުނު ނަމަވެސް ވޯޓުލުން މެދުކެނޑުނީ މަދު ތަނެއްގައެވެ. އެގޮތުން ވޯޓުލާ މަރުކަޒުގައި ތިބި އޮފިޝަލުންގެ މައްސަލައަކާއި ވޯޓުލާ މަރުކަޒަށް އިތުރު ގަލަމެއް ވެއްދުން ފަދަ ބައެއް މައްސަލަތައް ފެންމަތިވިއެވެ. އެހެންނަމަވެސް މުޅި އިންތިޚާބުގައި ބޮޑު މައްސަލަ އެއް ދިމައެއް ނުވެއެވެ.
ފުލުހުން ވަނީ ވޯޓުލާ ސަރަހައްދުތަކުގެ އަމަން ބަލަހައްޓާފައެވެ.