Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 07:08
އީސީގެ އޮފިޝަލުން ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ
އީސީގެ އޮފިޝަލުން ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ރިޔާސީ އިންތިޚާބާއި ގުޅިގެން އީސީ އަށް ހުށަހެޅީ 51 މައްސަލަ
ތަޙުޤީޤު ކޮށްގެން އިތުރަށް ބަލަންޖެހޭ މައްސަލަތައް ތަޙުޤީޤު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ވިދާޅުވި
ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ވަނީ ހައްލުކޮށްދީފައި ކަމަށް ހަބީބް ވަނީ ވިދާޅުވެފައި
ބިއުރޯއަށް 26 މައްސަލަ ވަނީ ހުށަހަޅާފައި

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބާއި ގުޅިގެން އީސީ އަށް ހުށަހެޅީ 51 މައްސަލަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބު 2023ގެ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް 26 މައްސަލަ އަދި ސިޓީ، އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 25 މައްސަލަ އާއެކު ޖުމުލަ 51 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކެމްޕޭން ކުރުމާގުޅޭ 3 މައްސަލަ އާއި އޮބްޒާވަރުންނާ ގުޅޭ މައްސަލައަކާއި ވޯޓުލުމުގެ ހައްޤާގުޅޭ 10 މައްސަލަ، ރަޖިސްޓްރޭޝަނާ ގުޅޭ 8 މައްސަލަ، އޮފިޝަލުންނާގުޅޭ 11 މައްސަލަ، ވޯޓުގެ ސިއްރުކަމާ ގުޅޭ 14 މައްސަލަ، ރިޝްވަތު ދިނުމާ ގުޅޭ 2 މައްސަލަ އަދި އެހެނިހެން 2 މައްސަލައެވެ.

Advertisement

މީގެ ތެރެއިން ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ވަނީ ހައްލުކޮށްފައި ކަމަށް ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން ތަޙުޤީޤު ކޮށްގެން އިތުރަށް ބަލަންޖެހޭ މައްސަލަތައް ތަޙުޤީޤު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް