ކ. މާލެ
|
9 ސެޕްޓެންބަރ 2023 | ހޮނިހިރު 23:05
މޮރޮކޯގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،000ން މައްޗަށް
މޮރޮކޯގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،000ން މައްޗަށް
ރޮއިޓާސް
މޮރޮކޯގެ ބިންހެލުން
މޮރޮކޯގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،000ން މައްޗަށް
އޭގެ 19 މިނެޓު ފަހުން 4.9ގެ ބާރުމިނުގެ އާފްޓަރ ޝޮކެއްވެސް ވަނީ އައިސްފައި
މޮރޮކޯއަށް އައިސްފައި ވަނީ 6.8ގެ ބާރުމިނުގައި ބިންހެލުމެއް
މޮރޮކޯއަށް ބިންހެލުން އައިސްފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު، ހައިއެޓްލަސް މައުންޓަންއަށް، ބިމުގެ 18.5 ކިލޯމީޓަރު އަޑިން

މޮރޮކޯގެ މެދުތެރޭގެ ހިސާބުތަކަށް ހުކުރު ދުވަހުގެ ރޭ ދަންވަރު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،000ން މައްޗަށް އަރައިފިއެވެ.

ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ހޮނިހިރު ދުވަހު ކުރިއަށްގެންގޮސްފައި ވާއިރު، ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 1،000ން މައްޗަށް އަރާކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިބިންހެލުމަކީ ފާއިތުވެދިޔަ ފަސްދޮޅަހަކަށް އަހަރުގެ ތެރޭގައި އެގައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ.

މޮރޮކޯއަށް އައިސްފައިވަނީ 6.8ގެ ބާރުމިނުގައި ބިންހެލުމެކެވެ. މިބިންހެލުން އައިސްފައި ވަނީ ހުކުރު ދުވަހުގެ ދަންވަރު އެގައުމުގެ ގަޑިން 23:11ހާއިރު، ހައިއެޓްލަސް މައުންޓަންއަށް، ބިމުގެ 18.5 ކިލޯމީޓަރު އަޑިންނެވެ.

އޭގެ 19 މިނެޓް ފަހުން 4.9ގެ ބާރުމިނުގެ އާފްޓަރ ޝޮކެއްވެސް ވަނީ އައިސްފައެވެ.

މި ކާރިސާގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މަރަކޭޝްއާއި، އޭގެ ދެކުނުގެ ބައެއް ހިސާބުތަކުންނެވެ.

މަރުވި މީހުންގެ އިތުރުން އެތައް ސަތޭކަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ބިންހެލުމުގައި މަރަކޭޝް އޯލްޑް ސިޓީގެ ބައެއް އިމާރާތްތައްވެސް ވަނީ ބިމާ ހަމަވެފައެވެ.

ބިންހެލުމުގެ އަސަރު 350 ކިލޯމީޓަރު ދުރުގައިވާ ވެރިރަށް ރަބާތުއާއި ކަސަބްލަންކާގެ އިތުރުން، އަވައްޓެރި އަލްޖީރިއާއަށްވެސް ވަނީ ކޮށްފައެވެ.

- ކޮމެންޓް