ކ. މާލެ
|
8 ސެޕްޓެންބަރ 2023 | ހުކުރު 18:16
ރ. އަތޮޅު ޓިވެޓް ސެންޓަރުގައި ހިންގާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން
ރ. އަތޮޅު ޓިވެޓް ސެންޓަރުގައި ހިންގާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން
ހަޔަރ އެޑިއުކޭޝަން
ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް
ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓާގުޅޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންތަކެއް ރ. އަތޮޅުގެ 11 ރަށެއްގައި ބާއްވައިފި
 
ހުރިހާ ކޯސްތަކެއް ކުރިއަށްދާނީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން

ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް ޕްރޮމޯޓް ކޮށް އެތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާ އިންސްޓިޓިއުޓާ ގުޅޭ މުހިންމު މަޢުލޫމާތު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ޓީމެއް އެ އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައިފިއެވެ.

ރ.އަލިފުށީގައި އިމާރާތްކުރާ، އިންސްޓިޓިއުޓުގައި ކިޔަވައިދޭނެ ދާއިރާތަކާ ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާގޮތާއި ކުރިއަށް ރޭވިފައިވާ އައު ކަންތައްތަކުގެ މައުލޫމާތުތަކާއި މި ޕްރޮޖެކްޓް ކުރިއަށް ގޮސްފައިވާ މިންވަރު ވެސް މި ސެޝަންތަކުގައި ހިއްސާކޮށްފައި ވެއެވެ. ރ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބޭއްވި މި ބައްދަލުވުންތަކުގައި ސްކޫލް ދަރިވަރުންގެ އިތުރުން، ބެލެނިވެރިންނާއި، ޓީޗަރުން އަދި ރަށުގެ ބައެއް މުއައްސަސާތަކުންނާއި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް ބައިވެރިވިއެވެ. މިފަދަ ޕްރޮމޯޝަނަލް ދަތުރުތައް އިތުރު އެހެނިހެން ރަށްރަށަށް ވެސް ކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ، ރ. އަލިފުށީ ޓިވެޓް ސެންޓަރުގައި، ބޯޓް ބިލްޑިންގ ދާއިރާއިން ޚާއްސަ ކޯސްތަކާއި އެހެނިހެން ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް ހަމަޖެހިފައި ވެއެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކަށް ޖުމްލަ 10 ކޯސް ވަނީ އިޢުލާން ކުރެވިފައެވެ. 

އެ ކޯސްތަކަކީ

  • ނެޝަނަލް ސެޓިފިކެޓް 3 އިން ފައިބަރގްލާސް ބޯޓް ބިލްޑިންގ
  • ނެޝަނަލް ސެޓިފިކެޓް 3 އިން ޕްރޮގްރާމިންގ
  • ނެޝަނަލް ސެޓިފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ
  • ސެޓިފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ
  • ސެޓިފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން
  • ނެޝަނަލް ސެޓިފިކެޓް 4 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ
  • އެޑްވާންސް ސެޓިފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ
  • އެޑްވާންސް ސެޓްފިކެޓް އިން ޕްރޮގްރާމިންގ
  • ޑިޕްލޮމާ އިން ޕްރޮގްރާމިންގ
  • ޑިޕްލޮމާ އިން ނެޓްވޯކިންގ

މިއިންސްޓިޓިއުޓްގައި ހިންގޭ ހުރިހާ ޓިވެޓް ކޯސްތަކެއްގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން "ޓްރާންސިޝަން360" ޓިވެޓް ސްޓޫޑެންޓް އިންކިއުބޭޝަން ޕްރޮގްރާމެއް ކުރިޔަށް ގެންދާނެ ކަމަށާއި ދަރިވަރުން ކިޔަވާ ކޯސްތަކުގެ މޮޑިއުލްތަކުގެ އިތުރުން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ކުރިޔަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ބުނެވެ. އެއީ، ދަރިވަރުން ކޯސް ނިމުމަށްފަހުގައި ވެސް މި އިންސްޓިޓިއުޓުގެ ވޯކްޝޮޕްގެ ޚިދުމަތް އެއް އަހަރުދުވަހުގެ މުއްދަތަށް ބޭނުންކޮށް އެކިޔެވި ދާއިރާއަކަށް އިތުރަށް އަހުލުވެރިވެ، އަމިއްލަ ފައިމައްޗައް ތެދުވެ އަމިއްލަ މަސައްކަތެއް ފަށައިގަނެވޭނޭ ފެންވަރަށް، ދަރިވަރުންގެ ކިބައިގައި ހުނަރުވެރިކަމާއި ފަންނުވެރިކަން އުފެއްދުމުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ހުރިހާ ކޯސްތަކެއް ކުރިއަށްދާނީ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ސަރުކާރަށް ފުރިހަމަ ބާރާއެކު މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ތިބޭނީ އަނދިރި މަރުހަލާއެއްގައި - ބިގޭ
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ނުކުޅެދުންތެރިކަން ހުރި ކުދިންނަށް އިސްކަންދީގެން ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތު ހުޅުވާލައިފި
މެންބަރުންގެ އަދަދުކަނޑައެޅުމާއި މެދު ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަކީ އަމިއްލަ މަންފާ ހޯދަން ހުށަހެޅި ބާތިލް މައްސަލަ އެއް - ބިގޭ
އަލިފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުގެ އިހުމާލުން ކަމަށް ބުނާ ވާހަކަތަކަށް މޭޔަރު އާޒިމް ރައްދު ދެއްވައިފި
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި