ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 13:58
އަލިފުށީ ކަނޑުތޮށި ކައިރިއަށް ފީނަން ފޭބި ޒުވާނަކު ވަނީ މަރުވެފައި
އަލިފުށީ ކަނޑުތޮށި ކައިރިއަށް ފީނަން ފޭބި ޒުވާނަކު ވަނީ މަރުވެފައި
ސޯޝަލްމީޑިއާ
ޒުވާނަކު މަރުވުން
އަލިފުށީ ކައިރިއަށް ފީނަން ފޭބި މީހަކު މަރުވެއްޖެ
މަރުވީ 24 އަހަރުގެ ޒުވާނެއް
ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި

ރ. އަލިފުށީ ކައިރިއަށް ފީނަން ފޭބި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި 3 މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮތްކަމަށް ހުކުރު ދުވަހުގެ މެންދުރު 12:08 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެމީހާ ނަގައިގެން ރަށު ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި، އެމީހާ މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މަރުވީ 24 އަހަރުގެ ޒުވާނެކެވެ.

އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް