Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2023 | ހުކުރު 07:52
އައްޑޫ ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގެ ތެރެއިން
އައްޑޫ ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީގެ މެނިފެސްޓޯ
އެމްޑީޕީގެ މެނިފެސްޓޯގައި އައްޑޫއަށް ގިނަ ކަންތައްތަކެއް!
ހަބްތަކަށް އިންވެސްޓްމަންޓްތައް ގެންދިޔުމަށް ބާރުއެޅުން ހިމެނޭ

އެމްޑީޕީގެ މެނިފެސްޓޯގައި އައްޑޫ ސިޓީއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫސިޓީގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި އައްޑޫއަށް ކޮށްދިނުމަށް ނިންމާފައިވާ ކަންތައްތައް އެޕާޓީން ވަނީ ހާމަކޮށްފައެވެ.

Advertisement

އެގޮތުން ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ކަށަވަރުކޮށްދޭ އިންފްރާސްޓްރަކްޗަރުގެ ދަށުން ބޯހިޔާވަހިކަމަށް ހައުސިންގ ޔުނިޓްތަކާއި ގޯތީގައި ގެދޮރު އިމާރާތްކުރުމުގެ ލުއިފަސޭހަކަމާއި އާރްޓީއެލް ނިޒާމާއެކު އައްޑޫ ގުޅުވާލުން ހިމެނެއެވެ. ޒަމާނީ ވިޔަފާރީގެ ހަބަކަށް އައްޑޫ ހަދާނެ ސިނާއަތުގެ ދަށުން ހަބްތަކަށް އިންވެސްޓްމަންޓްތައް ގެންދިޔުމަށް ބާރުއެޅުމާއި، ޕޯޓް ތަރައްޤީކޮށް ޓެކްސް ފްރީ ޒޯނަކަށް ހެދުމުގެ އިތުރުން އިޤްތިސާދީ ކުރިއެރުމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ވެސް ހިމެނެއެވެ.

މީގެއިތުރުން އިންޓަގްރޭޑަޓް ޓޫރިޒަމް ޒޯން ތަރައްޤީކުރުމުގެ ދަށުން ސަވާހިލި ޓޫރިޒަމަށް ތަރައްޤީކުރުމާއި، ޓޫރިމަށް ވެލިއު އެޑްކުރާނެ އިތުރު ވަސީލަތްތައް އަދި ސްޕޯޓްސް ޓޫރިމަށް ފަހި މާހައުލެއް ޤާއިމުކޮށްދޭން ވެސް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. އުފާވެރި އައްޑޫގެ އިޖުތިމާއީ ކުރިއެރުމުގެ ދަށުން ކުޅިވަރަށް ބޭނުންވާ ވަސީލަތްތަކާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއް އެޅުމާއި އައްޑޫ ހޮސްޕިޓަލުގެ ޙިދުމަތް ފުޅާކޮށް، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ވެސް ނިންމާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް