ކ. މާލެ
|
7 ސެޕްޓެންބަރ 2023 | ބުރާސްފަތި 13:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުން
ރައީސް އޮފީސް
މައްސަލަ ހައްލުކުރެވޭނީ އިބޫއަށް
ބައްދަލުވާ ރައްޔިތުން ބުނަނީ އިބޫ ނޫން މީހަކަށް މައްސަލަތައް ހައްލު ނުކުރެއްވޭނެ ކަަމަށް، ވޯޓު ދެނީ އިތުބާރުކުރާތީ ކަމަށް - ފަޒްނާ
 
8 ކެންޑިޑޭޓުންގެ ތެރެއިން ރައީސް ނޫން ޗޮއިސްއެއް ނެތްކަމަށް ރައްޔިތުން ބުނޭ
 
ރުޅިއައިސްގެން އައިސް ވާހަކަ ދައްކާ މީހަވެސް ގަބޫލުކުރަނީ ކަންކަން ކުރެވެނީ އިބޫއަށް ކަމަށް
 
ހައްލުކޮށްދެއްވި ކަންކަމުގައި ހުރި ކަންބޮޑުވާ ކަންކަންވެސް ހައްލުކުރެވޭނީ އިބޫއަށް ކަމަށް ރައްޔިތުން ބުނޭ

ކެމްޕޭންގެ ތެރެއިންނާއި އެކިއެކި ކަންކަމުގައި ބައްދަލުވާ ރައްޔިތުންގެ ބުނެފައިވަނީ ރައްޔިތުން އެދޭ މައްސަލަތައް ހައްލުކުރެވޭނީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކަމަށް، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރުގައި މެހެމާނެއްގެ ގޮތުގައި ބަައިވެރިވެވަޑައިގެން ރައީސްގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވީ އާންމުންގެ ވަރަށް ބޮޑު އިތުބާރެއް ރައީސްއަށް އެބައޮތް ކަމަށެވެ. އެގޮތަށް ވިދާޅުވަނީ އެންމެ ބޮޑު ޝަކުވާތަކެއް އައި މުސާރައިގެ މައްސަލައިގައި ސްކޫލް ޓީޗަރުންނާއި ހެލްތު ޕްރޮފެޝަނަލުންގެ މުސާރަ ބޮޑުކުރެއްވި ކަމަށެވެ. މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ދެއްވާނެކަމުގެ ވައުދުފުޅާއެކު ރައީސް ގޯތި ދެއްވި ކަމަށެވެ. ފަޒްނާ ވިދާޅުވީ މި ހުރިހާކަމެއް ކުރެއްވި ނަމަވެސް އަދިވެސް ހައްލުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި އެކަންކަން ހައްލުކުރެވޭނީ ވެސް ރައީސް ޞާލިހަށް ކަމަށް ގިނަ ބަޔަކު ދެކެވަޑައިގަންނަވާ ކަމަށެވެ.

މިސާލަކަށް ހެލްތު ޕްރޮފެޝަނަލުންގެ އެބަހުރި މަސައްކަތް ކުރާ ގަޑީގެ މައްސަލަތަކާއި އެއްޗެހި. މިހާރުވެސް ޓީޗަރުން ވީކެންޑުގައި ނުކުންނަން ޖެހުމާއި މި ހުރިހާ އެއްޗަކާއެކީގައި ވެސް އެމީހުން ގަބޫލުކުރޭ ވާހަކަ ދައްކައިގެން އަދިވެސް މިކަން ހައްލުކުރެވޭނީ އިބޫއަށްކަން. އަޅުގަނޑާއި މީގެ ކުރިން ދިމާނުވާ އެންޖީއޯއެއް. އެމީހުންނާއި ދިމާވީމަ ވެސް ދެެއްކި ކަންބޮޑުވާ ވާހަކަ. އެމީހުން ގަބޫލުކުރަނީ އަދި ބޭނުމެއްވެސް ނޫން ސަރުކާރު ދާކަށެއް. ކަންބޮޑުވާ ކަންކަން އެބަހުއްޓޭ އެހެންނަމަވެސް އަދިވެސް މިކަންކޮށްދެވޭނީ އިބޫއަށް ކަމަށް ގަބޫލުކުރަމޭ ބުނި.
ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ފަޒްނާ ވިދާޅުވީ ކެމްޕޭނުގައި ޑޯޓުޑޯއަށް ގޮސް ބައްދަލުކޮށް ވާހަކަ ދައްކާ މީހުންނާއި މުލިއާގެއަށް އައިސް ބައްދަލުކުރާ މީހުންގެ ވެސް ރައީސް ޞާލިހަށް އޮތް އިތުބާރު ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެމީހުން ރައީސްއަށް ވޯޓުދެއްވަނީ ދޭ ހަދިޔާއެއްގެ ސަބަބުން ނޫން ކަމަށާއި، ވޯޓު ދެއްވަނީ އިތުބާރުކުރައްވާތީ ކަމަށެވެ. އަދި ބައްދަލުވާ ފަރާތްތަކުން ބުނަމުންދަނީ ކަންބޮޑުވުންތައް ހައްލުކޮށްދެއްވީ ރައީސް ކަމަށާއި، ދެންވެސް އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައި ހައްލުކޮށްދެވެންޔާ ހައްލުކޮށްދެވޭނީ ރައީސްއަށްކަން އެބޭފުޅުން ގަބޫލުރައްވާ ކަމަށެވެ.

އެހެންވެ ވޯޓު ދޭނަމޭ. ވަރަށް ހިތްހަމަޖެހިގެން ވާހަކަދައްކާ މިހުންނާ ވެސް ދިމާވޭ. އެއްދުވަހަކު މުލިއާގެއަށް އައި ވަރަށް ރުޅިއައިސްގެން މީހަކު. ފުރަތަމަ ސިޓިއެއް ފޮނުވަނީ. އޭގައި އޮތް ބަދު ދުއާވެސް ކުރާނަމޭ. ދެން ސެކްރެޓަރީވެސް ވިދާޅުވެއްޖެ ދެން ކިހިނެއްހޯ މިއަށް ހަދާނީ. ދެން އަޅުގަނޑު ބުނިން އޭނައާވެސް ޖެހޭނޭ ވާހަކަދައްކާލަން. ދެން އޭނަ އައިސް ރޮއިރޮއިފަ މިހެން މިހެން ބުނީ ރުޅިއައިސް ހުރުމުންނޭ. ހިތްހަމަ ނުޖެހޭ މީހުންނާ ދިމާވޭ. ކުދިކުދި އިޝޫސް އެ ނަގަނީ. އެކަމަކު އެ ހިތްހަމަނުޖެހުމުގެ މައްޗަށް އެމީހުން ގަބޫލުކުރޭ އެމީހުން އިތުބާރުކުރާކަން އިބޫއަށް. އެހެންވީމާ މިތިއްބެވި 8 ކެންޑިޑޭޓުންގެ ތެރެއިން ތިމަންނަމެންނަށް ނެތޭ ޗޮއިސްއެއް އިބޫ ނޫން. އެހެންވީމަ އިބޫއަށޭ ވޯޓު ދޭނީ.
ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

މާލޭގެ ބޯހިޔާވަހިކަމަށް އިޝާރަތްކުރައްވާ ފަޒްނާ ވިދާޅުވީ ކެމްޕޭންތަކަށް ގެތަކަށް ވަޑައިގަންނަވާއިރު ހިތްޕުޅަށް އަރާވަޑައިގަންނަވަނީ އެ ރައްޔިތުން ދިރިއުޅެނީ ކިހިނެއްބާއެވެ. އަދި ސްކޫލް ދަރިވަރުން ކިޔަވަނީ ކިހިނެއްބާއޭ ހިތްޕުޅަށް އަރާ ކަމަށާއި، ބޯހިޔާވަހިކަމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ފަޒްނާ ވިދާޅުވީ ރޭގަނޑު ކުދިން ނުނިދާވާހަކަ ދައްކާ އިރު، ހިތްޕުޅަށް ބައެއްފަހަރު އަރާވަޑައިގަންނަވަނީ އެކުދިން ނިދަންދާނެ ތަނެއް ނެތީ ނުނިދާ ތިބެނީ ކަމަށެވެ. އަދި އެއްބަޔަކު ނިދާ ހޭލީމަ އަނެއްބަޔަކަށް ނިދޭގޮތަށް ހުންނަ ކަމަށްވެސް ހިތްޕުޅަށް އަރާ ވަޑައިގަންނަވާ ކަމަށެވެ.

ފަޒްނާ ވިދާޅުވީ ގޯތި ލިބުނު ފަރާތްތަކުން ލޮލުން ކަރުނަ އަންނަނީ ޒަމާނީ ބޯހިޔާވަހިކަމަށް ހައްލެއް ލިބުމުން ކަމަށާއި، އެއީ އެވަރު ކަމެއް ކަމަށެވެ. އަދި އެމީހުންގެ ވާހަކަ އަޑުއެއްސެވުމުން އެކަމަނާގެ ލޮލުންވެސް ފެން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅުންހުރި
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް