ކ. މާލެ
|
7 ސެޕްޓެންބަރ 2023 | ބުރާސްފަތި 08:51
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް
ރޮއިޓާރސް
ޔޫރޯ ކޮލިފައިން
ފްރާންސް ޓީމާމެދު ޑެޝޯމްޕްސްގެ އިތުބާރު ބޮޑު
 
އަޔަލެންޑު މެޗަށް ނިކުންނައިރު މިހާރު ވެސް ފްރާންސް އަތުގައި 12 ޕޮއިންޓު އެބަ އޮތް

ޔޫރޯ ކޮލިފައިންގައި އަޔަލެންޑާ ދެކޮޅަށް ނިކުންނައިރު، ފްރާންސް ޓީމުގެ ކުޅުންތެރިންނާމެދު އިތުބާރު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

އަޔަލެންޑު މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ، އޭނާ އަކީ އަބަދު ވެސް ހަގީގަތާ ކުރިމަތިލާން ބޭނުންވާ މީހެއް ކަމަށެވެ. އޭނާ ބުނީ އެ މެޗަށް ނިކުންނައިރު މިހާރު ވެސް ފްރާންސް އަތުގައި 12 ޕޮއިންޓު އެބަ އޮތް ކަމަށާއި، އެއީ ހިތްހަމަ ޖެހުމެއް ކަމަށެވެ. އޭނާ ބުނީ ގާތްގާތުގައި ދެ މެޗު އޮތް ކަމަށާއި، އެއް ގޮތަކުން ބަލާނަމަ، ހަމަޖެހިލައިގެން ތިބެވެން އެބަ އޮތް ކަމަށެވެ. ނަމަވެސް އަޔަލެންޑު މެޗުން ވެސް ބޭނުންވަނީ ތިން ޕޮއިންޓު ކަމަށާއި، ކުޅުންތެރިން މަސައްކަތް ކުރަންވީ ވެސް އެކަމަށް ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

އަޔަލެންްޑު މެޗުގައި ފްރާންސް އިން ކުރަން ޖެހޭ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޑެޝޯމްޕްސް ދެކެނީ އެޓޭކުގައި މޮޅަށް ކުޅުމެވެ. ޚާއްސަކޮށް އޭނާ ބުނީ، އަޔަލެންޑުގެ ޑިފެންސްގައި ތިބޭ ކުޅުންތެރިންނަށް ޕްރެޝަރު ބޮޑުކުރަން ޖެހޭ ކަމަށާއި، ފްރާންސްގައި އެފެންވަރު ހުރި ކުޅުންޔތެރިން ތިބި ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ފްރާންސްގެ ގޯލް ކީޕަރު މައިކް މައިގްނަން މިހާރު އަންނަނީ ޓީމަށް ހޭނި، އިތުބާރު ހޯދަމުންނެވެ. އެހެންކަމުން.، އަޔަލެންޑު މެޗުގައި އެންމެ އިތުބާރު ބޮޑު އެއް ކުޅުންތެރިޔަކަށް ކީޕަރު ވާނެ ކަމަށް އޭނާ ޤަބޫލު ކުރެ އެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ބުނީ، ފްރާންސްގެ ކީލިއަން އެމްބާޕޭ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި، އެކަމާ ދެބަސްވުމެއް ނެތް ކަމަށެވެ. އޭނާ ބުނީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ވެސް އެމްބާޕޭ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. އެހެންކަމުން ފްރާންސް އިން ކުރިއަށް އޮތް ތަނުގައި އިތުރު ހަރުފަތްތަކަށް ދާން މަސައްކަތް ކުރާއިރު، އެމްބާޕޭ އަކީ މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

ފްރާންސް އިން އަޔަލެންޑާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ 23:45 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް