ކ. މާލެ
|
7 ސެޕްޓެންބަރ 2023 | ބުރާސްފަތި 06:49
ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ރުބިއަލެސް، ސްޕޭންގެ ފޯވަޑް ހާމޯސޯއާއެކު
ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ރުބިއަލެސް، ސްޕޭންގެ ފޯވަޑް ހާމޯސޯއާއެކު
ގޫގުލް
ފުޓްބޯޅަ
ރުބިއަލެސް ބޮސްދިން މައްސަލަ ރަސްމީކޮށް ހުށަހަޅައިފި
ރުބިއަލެސް ވަނީ މަގާމުން އިސްތިއުފާދޭން ދެކޮޅު ހަދާފައި

ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް އެގައުމުގެ އަންހެން ކުޅުންތެރިއަކަށް ބޮސްދިން މައްސަލަ އެ ކުޅުންތެރިޔާ ރަސްމީކޮށް ހުށަހަޅައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މީގެ ތިން ހަފުތާ ކުރިން އަންހެނުންގެ ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ސްޕޭނުގެ ކުޅުންތެރިންނަށް ރަންމެޑެއްޔާއި ތަށި ދިނުމަށް ސްޓޭޖަށް އެރިވަގުތު އެވެ. މި މައްސަލާގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ވަނީ ރުބިއަލެސް ވަގުތީ ގޮތުން 90 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އަދި އޭނާގެ އަމަލުތައް ތަހުގީގުކުރުމަށް ފީފާއިން ވަނީ ނިންމައިފަ އެވެ. އެއީ އެ ޖަމާއަތުގެ އޮފިޝަލުން އަމަލުކުރަންޖެހޭ އަހުލާގީ އިމުން ބޭރުވި މައްސަލާގަ އެވެ.

ރުބިއަލެސް މަގާމުން އިސްތިއުފާ ދިނުމަށް ސްޕޭނުގެ ސަރުކާރާއި ކުޅުންތެރިން ދަނީ އޭނާ އަށް ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް އޭނާ ހުރީ މި މައްސަލާގައި އޭނާގެ މައުސޫމްކަން ސާބިތުކޮށްދިނުމަށް ޖަވާބުދާރީވާން ތައްޔާރުވެގެންނެވެ. ރުބިއަލެސް ބުނީ ސްޕޭނުގެ އަންހެން ކުޅުންތެރިޔާ ހާމޯސޯއަށް ބޮސްދެވުނީ ގަސްތުގައިނޫން ކަމަށާއި އެއީ ކާމިޔާބީގެ އުފަލުގައި ގަސްތެއްނެތި ކުރެވުނު އަމަލެއް ކަމަށެވެ. މި މައްސަލާގައި އޭނާ ފުރަތަމަ މައާފަށް އެދުނެވެ. އަދި އޭނާގެ ދިފާއުގައި ސްޕޭން އެފްއޭއިން ބަޔާން ވެސް ނެރުނެވެ. ނަމަވެސް ފާޑުކިއުން ބޮޑުވުމުން ރުބިއަލެސް ވަނީ ނުރުހުންތެރިކަމާއެކު ރައްދިދީފަ އެވެ. އޭނާ ބުނީ ކަންކަން މާބޮޑު ކޮށްލައިގެން އުޅެނީ ކަމަށާއި ނުބެހޭ ކަންކަމާ ނުބެހިތިބުން ރަނގަޅުވާނެ ކަމަށެވެ.

ނަމަވެސް އޭނާއާ ދެކޮޅަށް އުފެދުނު ކެމްޕޭނުގެ ސްޕޭނުގެ ފިރިހެން ކުޅުންތެރިން ވެސް މިހާރު ވަނީ ބައިވެރިވެފަ އެވެ. ހާމޯސޯ މައްސަލަ ރަސްމީކޮށް ހުށަހެޅީ ވެސް މިހެންވެ ކަމަށްވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް