Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2023 | ބުދަ 18:09
ލ. އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރުން
ލ. އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ލ. އިސްދޫގައި އިމާރާތްކުރާ މިސްކިތް
ލ. އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް

ލ. އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި, ފެޑޯ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު އަލީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، އެއްބަސްވުމުގައި ވާ ގޮތަށް މަޝްރޫއުގެ މަސައްކަތް ނިންމައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި، މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށެވެ.

Advertisement

މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ލ. އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 19,612,765.07ރ (ނަވާރަމިލިޔަން ހަލައްކަ ބާރަހާސް، ހަތްސަތޭކަ ފަސްތޮޅަސް ފަސް ރުފިޔާ، ހަތް ލާރި)އެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މިސްކިތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް