Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2023 | ބުދަ 07:15
ޕްރިޒަން އޮފިސަރެއް
ޕްރިޒަން އޮފިސަރެއް
ރާއްޖެ އެމްވީ
ބޮޑީވޯން ކެމެރާ
ޕްރިޒަން އޮފިސަރުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފި
ކެމެރާތައް ބޭނުންކުރަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ ޖަލެއްގެ ފްރަންޓްލައިން އޮފިސަރުން

ޖަލު ބަލަހައްޓާ އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ އޮފިސަރުން ރަސްމީކޮށް ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

އޮފިސަރުންގެ ޔުނިފޯމުތަކުގައި ބޮޑީވޯން ކެމެރާތައް ބޭނުންކުރަން ފެށުމުގެ ގޮތުން ޓްރަޔަލް ހިންގައި އޮފިސަރުންނަށް ބޭނުންވާ ތަމްރީނުތައް ކަރެކްޝަންސް އިން ދީފައިވާއިރު، އަންގާރަ ދުވަހުން ފެށިގެން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ ޖަލެއްގެ ފްރަންޓްލައިން އޮފިސަރުންގެ ޔުނީފޯމުގައި ދާއިމީކޮށް ބޮޑީވޯން ކެމެރާ ބޭނުންކުރަން ވަނީ ފަށާފައެވެ.

ކަރެކްޝަންސް އިން ބޭނުންކުރަން ފަށާފައިވަނީ އެކްސޮން ބްރޭންޑްގެ ކެމެރާއެވެ. އެ އިދާރާއިން މައުލޫމާތުދޭގޮތުގައި މި ބޮޑީވޯން ކެމެރާތައް މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެއެވެ.

Advertisement

ކަރެކްޝަންސް އިން ބޯޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައިވާއިރު މީގެ ދެ އަހަރު ކުރިން ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީގައި ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑީވޯން ކެމެރާ ވަނީ ބޭނުން ކުރަން ފަށާފައެވެ.

އޮފިސަރުންގެ ޔުނީފޯމުގައި ބޮޑީވޯން ކެމެރާ ހަރުކޮށްގެން މަސައްކަތްކުރުމަކީ އެހެން ގައުމުތަކުންވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި މި ކެމެރާ އާންމުކޮށް ހަރުކޮށްފައި ހުންނަނީ ފުލުހުން ބޭނުންކުރާ ހެލްމެޓް ނުވަތަ އައިނުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް