Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 16:07
ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު
ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު
ރާއްޖެއެމްވީ
ދިވެހި ފުލުހުންގެ ޚިދުމަތް
މުއިއްޒުއަށް ހަމަލާދޭން އުޅެފައިވާކަމަކަށް ނުބެލެވޭ: ފުލުހުން
މުއިއްޒުއަށް ހަމަލާދޭން އުޅުނު ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރޭ
ފުލުހުން ބުނީ މަތިވެރީގައި ހިނގީ ދެ މީހެއްގެ ދޭތެރޭގައި ހިނގި ހަމަނުޖެހުމެއް ކަމަށް

އއ. މަތިވެރީގައި އަންގާރަ ދުވަހު ހިންގި ހަމަނުޖެހުމުގައި ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ހަމަލާދޭން އުޅެފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

މުއިއްޒު ކެމްޕޭން ދަތުރުފުޅެއްގައި މަތިވެރިއަށް ވަޑައިގަތުމުން އެ ރަށުން ދެ މީހަކު އޭނާއަށް ހަމަލަދޭން އުޅެފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން އެކަކު މުއިއްޒުގެ އަތްޕުޅުގައި ޖަހާފައިވާކަމަށާއި، އަނެކަކުވެސް ހަމަލާދޭން އުޅުމުން އެ ސަރަހައްދުގައި ތިބި މީހުން އެ ދެމީހުން ހުއްޓުވާފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މިކަމާ އެމްޑީޕީއާ ގުޅުވައިވެސް ދަނީ އަޑުތައް ފަތުރަމުންނެވެ.

Advertisement

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މަތިވެރީގައި ދެ މީހެއްގެ މެދުގައި ބޭ އަދަބީ އަތުގެ އިޝާރާތްތަކެއް ކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. އަދި މައުލޫމާތު ސާފު ކުރުމަށްފަހު އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އޭނާ މުއިއްޒުއަށް ހަމަލާދޭން އުޅެފައިވާކަމަށް ނުބެލެވޭ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް