ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 15:56
ރައީސް ރަސްގެތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް ރަސްގެތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
އެމްޑީޕީ
ރައީސް ރ އަތޮޅަށް
ރަސްގެތީމުގައި އޭޓީއެމަކާއި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރާނަން: ރައީސް
 
ކުރިއަށް އޮތް ދައުރުގައި ރަސްގެތީމުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަން އެބަހުރި
 
ވޯޓުގައިވެސް ޖޯޝާއި ފޯރި ދައްކައި، މި އިންތިޚާބު އެއްބުރުން ނަގާނެކަމާމެދު ޝައްކެއްނެތް
 
ކުރިއަށްއޮތް ތަނުގައިވެސް މި ސަރުކާރުގެ ސިޔާސަތަކީ، މިނިވަންކަމާއި ހަމަޖެހުމާއެކު ބަސް ބުނެވޭނެ ރައްޔިތުންތަކެއް އުފެއްދުން

އަންނަ ދައުރުގެ ތެރޭގައި ރ. ރަސްގެތީމުގައި އޭޓީއެމަކާއި ކުޑަކުދިންގެ ޕާކެއް އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަށް ރަސްގެތީމަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރަށަށް ވަޑައިގަތުމުން މޫސުމަށް ބެލުމެއްނެތި ރައްޔިތުން ނިކުމެ މަރުހަބާ ދެންނެވީ ފޯރިއާއި ޖޯޝުގައިކަމަށެވެ. އެހެންކަމުން ވޯޓުގައިވެސް އެ ޖޯޝާއި ފޯރި ދައްކައި، މިއިންތިޚާބު އެއްބުރުން ނަގާނެކަމާމެދު ޝައްކެއްނެތް ކަމަށެވެ. އަދި ރައްޔިތުން އެ މަނިކުފާނު އިންތިޚާބުކުރީ މި ރާއްޖޭގައި ހަމަޖެހުމާއި އުފަލާއެކު ދިރިއުޅެވޭނެ ރައްޔިތުންތަކަށް ފުރުސަތު ހޯއްދަވައިދެއްވުމަށް ކަމަށާއި، މިއަދު ރައްޔިތުން އެ ދުވަހު އެދުނު ހަމަޖެހުމާއި އުފާވެރިކަމަށް ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށްއޮތް ތަނުގައިވެސް މި ސަރުކާރުގެ ސިޔާސަތަކީ، މިނިވަންކަމާއި ހަމަޖެހުމާއެކު ބަސް ބުނެވޭނެ ރައްޔިތުންތަކެއް އުފައްދަވައި، ރަށްރަށަށް ބޭނުންވެފައިވާ ތަރައްގީގޭ މަޝްރޫއުތައް ތަފާތުކަމެއްނެތި ގެނެސްދެއްވުންކަމަށެވެ.

ކޮވިޑާ ގުޅިގެން މުޅި ގައުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭރު ދައުލަތުގައި އެއްވެސް ވަރަކަށް ފައިސާ ނެތްކަމަށާއި އަދި ދައުލަތައް ފައިސާ ވަންނާނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ބޭރުގެ އެކި ގައުމުތަކުން ލޯނާއި އެހީގެ ގޮތުގައި ލިބުނު ފައިސާއިން ޚަރަދުކޮށް، މިއަދު މިވަނީ އަމާން އައްސޭރިއަކަށް އާދެވިފައިކަމަށް ރައީސް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބަށް ކުރިމަތިލައްވައިގެން ތިއްބެވި ބޭފުޅުންނާމެދު ވިސްނައި ވޯޓު ލުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަސްގެތީމުގެ އަސާސީ ޚިދުމަތްތައް ތަރައްގީކޮށް ވަސީލަތްތައް ފުރިހަމަކުރުމަށްޓަކައި، ބަނދަރު އަޕްގްރޭޑްކޮށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ އިތުރުން، އެހެނިހެން މަސައްކަތްތައްވެސް ކުރެވިފައިވާކަމަށެވެ. ކުރިއަށް އޮތް ދައުރުގައި ރަސްގެތީމަށް ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަން އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމާއި، ސިއްހީ މަރުކަޒުން ދޭ ޚިދުމަތްތައް އިތުރުކުރުމަށްޓަކައި، އެ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތެއް އެޅުމާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލެއްގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ބަނދަރުގެ ނެރުފައިކަށި ދިގުކޮށް ބޭރު ތޮށީގައި ދޯނި އެޅޭނެކަމަށާއި، ކަލްޗަރަލް ސެންޓަރެއް އަޅުއްވައިދެއްވައި، ރައްޔިތުންނަށް ފަސޭހައިން މޫދަށް އެރި، ކަސްރަތުކުރެވޭނެ ސަރަހައްދެއް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރަސްގެތީމުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވައި، ކުޑަކުދިންގެ ޕާކެއް އަޅުއްވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި