ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 07:20
ނިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ސައިޓު މޮބިލައިޒް ކުރަނީ
ނިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ސައިޓު މޮބިލައިޒް ކުރަނީ
އެމްޓީސީސީ
ފ. ނިލަންދޫ ބަނދަރު
ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
މިއީ 61.7 މިލިއަން ރުފިޔާގެ މަޝްރޫއެއް
ޖާގަ ތަނަވަސް، ޒަމާނީ ބަނދަރެއް ލިބި ނިލަންދޫ ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލު ލިބިގެންދާނެ

ފ. ނިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރީ ހޮނިހިރު ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތާއެކު ނިލަންދޫއަށް ޖާގަ ތަނަވަސް، ޒަމާނީ ބަނދަރެއް ލިބި އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލު ލިބިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން 55،141 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި 6،933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 261 މީޓަރުގެ ބެރުތޮއްޓެއް ލުމާއި 75 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 194 މީޓަރުގެ ސަރަހައްދެއްގެ ބޭރު ރިވެޓްމަންޓުގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުމާއި 188 މީޓަރުގެ ސަރަހައްދެއްގެ އެތެރޭ ރިވެޓްމަންުޓުގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއްލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 237 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި މޫރިންގ ބޯއި ހަރުުކުރުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މީގެ އިތުރުން 100 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 18 މީތަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި ބަންދަރު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުމާއި ކަރބްސްޓޯން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 61.7 މިލިއަން ރުފިޔާއަށެވެ.

- ކޮމެންޓް