ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 07:13
ދިއްދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުން
ދިއްދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުން
އެމްޓީސީސީ
އެމްޓީސީސީ
ދިއްދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށައިފި
 
ބަހުގެ ޚިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލޭ
 
މި ޚިދުމަތް ދިނުމަށް 32 މީހުންގެ ޖާގައިގެ ދެ ބަސް ބޭނުން ކުރާނެ

ހއ. ދިއްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ޚިދުމަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މި ޚިދުމަތް ފެށީ ހޯމަ ދުވަހުއެވެ. ދިއްދޫގައި ބަހުގެ ޚިދުމަތް ދިނުމަށް 32 މީހުންގެ ޖާގައިގެ ދެ ބަސް ބޭނުންކުރާއިރު އެ ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެއެވެ.

އާރްޓީއެލްގެ އެހެނިހެން ޚިދުމަތްތަކާއެއްގޮތަށް ދިއްދޫގައި ވެސް ބަހުގެ ޚިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލެއެވެ. އެ މުއްދަތު ހަމަވުމުން އާރްޓީއެލް އެޕް މެދުވެރިކޮށް ބަހުގެ ޓިކެޓް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ދިއްދޫ ބަހުގެ ޚިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މައުލޫމާތު ވެސް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލާލެވޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީއިން ބުނީ މި ޚިދުމަތުން ފައިސާ ނަގަން ފެށި ނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ސްކޫލް ކުދިން އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން، 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

އެމްޓީސީސީން މިހާރު އާރްޓީއެލް ބަހުގެ ޚިދުމަތް ދެމުން އަންނަނީ މާލެ ސިޓީގެ އިތުރުން ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައެވެ. އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުން ކުރެވޭ ކަނޑާއި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކުންފުނީގެ މަގުސަދެއް ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި