ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 21:40
ރާމޯސް، ސެވިއްޔާއަށް ސޮއިކުރުމަށްފަހު
ރާމޯސް، ސެވިއްޔާއަށް ސޮއިކުރުމަށްފަހު
މާސާ
ސާޖިއޯ ރާމޯސް
ސެވިއްޔާގެ ސަޕޯޓަރުން ކިބައިން ރާމޯސް މައާފަށް އެދިއްޖެ
އޭނާ ވަނީ 18 އަހަރަށްފަހު އަލުން ސެވިއްޔާއަށް ކުޅެން ސޮއިކޮށްފައި

އޭނާގެ ރަސްމީ ފުރަތަމަ ކުލަބު ކަމަށްވާ ސެވިއްޔާގެ ސަޕޯޓަރުންގެ ކިބައިން ސާޖިއޯ ރާމޯސް މައާފަށް އެދިއްޖެއެވެ.

އޭނާ މިކަން ކުރީ، ސައޫދީ އަރަބިއްޔާގެ ކުލަބުތަކުން އަގުބޮޑު ހުށަހެޅުންތަކެއް ލިބިލިބި އޮއްވައި 18 އަހަރަށްފަހު ސެވިއްޔާއަށް ކުޅެން އެއްބަސްވުމަށްފަހުއެވެ.

ރާމޯސްއަކީ 2004 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ކުރިން ދެ ސީޒަނެއްގައި ސެވިއްޔާއަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ އަލުން ސެވއްޔާއާ ގުޅުނީ ފްރާންސްގެ ޕީއެސްޖީގައި ދެ ސީޒަން ކުޅުމަށްފަހުއެވެ. 

އަހަރެން މައާފަށް އެދެން ކޮންމެ ސަޕޯޓަރެއްގެ ކިބައިން. އަހަރެން 18 އަހަރަށްފަހު މިއައީ މި ކުލަބަކަށް ކުޅެދޭ ހިތުން. މި ކުލަބު ދިފާއު ކުރުމަށް އަހަރެން ކޮންމެ ކަމެއްވެސް ކުރާނަން.
ރާމޯސް ބުންޏެވެ.

ރެއާލް މެޑްރިޑްގައި ގިނަ ކާމިޔާބީތަކެއް ހޯދި ރާމޯސްއަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕް އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ސްޕޭން ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

- ކޮމެންޓް