ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 17:03
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިސްދޫގައި ވާހަކަފުޅު ދައްކަަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިސްދޫގައި ވާހަކަފުޅު ދައްކަަވަނީ
އެމްޑީޕީ
ރައީސް ހދ އަތޮޅަށް
ކުރިނބީއަށް ގިނަ ވައުދުފުޅުތަކާއެކު ރައީސް ވިދާޅުވީ، އެއްވެސް ރަށެއް ބާކީ ނުކޮށް ހިންގާނެ ގޮތަކީ މިއީ ކަމަށް
 
ކުދި ވިޔަފާރިތަކަށްވެސް ހިންދެމިލައިގެން މަސައްކަތް ކުރެވޭނެ ޖާގަ މިއަދު ތަނަވަސް ކޮށްދެވިފައިވޭ
 
އާރްޓީއެލްގެ ޚިދުމަތް ފެށުމާއެކު އެކަމުގެ ހެޔޮ ބަދަލުތައް ފެންނަމުންދޭ

ވެރިކަމުގެ ކުރިއަށް އޮތް ދައުރެއްގައި ހދ ކުރިނބީއަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދުފުޅުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެދެއްވައިފިއެވެ.

ކުރިނބީގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އެގޮތުން ބަނދަރު ބޮޑުކުރުމަށްޓަކައި ޓެކްނިކަލް ސަރވޭ ހެދުމަށް ޓީމުތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެވިފައިވާ މުހިއްމު ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ތައުލީމީ ނިޒާމުގެ ތެރެއިން ގެނެވުނު މުހިއްމު ބަދަލުތައްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ސަރަހައްދުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމާއެކު އެކަމުގެ ހެޔޮ ބަދަލުތައް ފެންނަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ޚަރަދު ކުޑަކުރެވި، ދަތުރުކުރުމަށް ކުރާ ހޭދައިގެ 87 އިންސައްތަ ސަލާމަތްކުރެވިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކަށްވެސް ހިންދެމިލައިގެން މަސައްކަތް ކުރެވޭނެ ޖާގަ މިއަދު ތަނަވަސްކޮށްދެވިފައި ވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ އިގްތިސާދީގޮތުން ގެންނަން ނިންމަވާފައިވާ ބޮޑު ބަދަލުގެ ސިޔާސަތުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

އޭގެ އިތުރުން، ނަފްސާނީ ސިއްހަތާއި ނަފްސާނީ ދުޅަހެޔޮކަން ގާއިމުކުރުމަށް މެންޓަލް ހެލްތު ގާނޫނެއް ވުޖޫދުކުރައްވާނެ ކަމަށާއި، އެ ގާނޫނުގެ ދަށުން، ނަފްސާނީ ބަލިތަކުގެ ފަރުވާ ފަސޭހައިން ލިބިދެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެރަށުގައި ރޯހައުސް އެޅުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އިތުރުން، އާޓިފިޝަލް ބީޗެއް ތަރައްގީ ކޮށްދެއްވާނެކަމަށެވެ. އެއްވެސް ރަށެއް ބާކީ ނުކޮށް ހިންގާ ގޮތަކީ މިއީކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި