ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 16:36
ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވުން
ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވުން
އެމްޑީޕީ
ރައީސް ހދ އަތޮޅަށް
ރައީސުލްޖުމްހޫރިއްޔާ، ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފި
 
ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައި
 
އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ، ޕަރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި އިމާރާތް ހުޅުއްވައިދެއްވީ، އެމަނިކުފާނު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯމަ ދުވަހު މެންދުރުފަހުއެވެ.

ވައިކަރަދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގައި އިދާރީ މަސައްކަތް ކުރާނެ ބަޔަކާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ކައުންސިލިންގ ރޫމާއި، މީޓިންގ ރޫމާއި، މެޑިކަލް ސްޓޯރާއި ޖެނެރަލް ސްޓޯރަކާއި ގަރާޖެއް ހިމެނެއެވެ.

މި އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޕަރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ.

އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި