ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 14:13
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރ. ރަސްމާދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރ. ރަސްމާދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ކޯނީ ރިޕޯޓު
ކޯނީ ރިޕޯޓު ގެއްލިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރިމަތިލައްވައިގެން އުޅުއްވާ ކެންޑިޑޭޓުންނަށް ސަމާލުވުމަށް
 
އެކަން ބަލައި ތަހުގީގު ކުރުމުން އެކަމުގައި ޒިންމާވަނީ ކޮން ބައެއްކަން އެނގިގެންދާނެ
 
ރައީސް ވިދާޅުވީ، އެއީ ދައުލަތުގެ ނުހަނު ބޮޑު ސިއްރެއް ކަމަށް

އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނު ގޮތާއި ގުޅޭގޮތުން ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން ތައްޔާރުކުރި ރިޕޯޓް (ކޯނީ ރިޕޯޓަށް) ފަހުން ވީގޮތެއް އެނގެން ނެތް ކަމަށާއި، އެކަން ތަހުގީގު ކުރުމަށް ފުލުހަށް ހުށައަޅުއްވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ހދ ނޭކުރެންދޫގައި އޮތް ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފެނިގެންދަނީ އެއްބުރުން އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަނުން އިންތިޚާބުކުރާ މަންޒަރު ކަމަށެވެ.

ކޯނީ ރިޕޯޓަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، އެއީ ދައުލަތުގެ ނުހަނު ބޮޑު ސިއްރެއް ކަމަށާއި، ނަމަވެސް އެ ރިޕޯޓަށްވެސް ފަހުން ވީގޮތެއް އެނގޭކަށް ނެތް ކަމަށެވެ.

މިހާރު އެ އޮތްތޯ ބައްލަވާ، އެ ވީތަނެއް ނޭނގޭ މިހާރު، އެ މައްސަލަ ބަލަން އަޅުގަނޑުމެން މިހާރު ވާނީ ފުލުހަށް ހުށަހަޅާފައި، މިއީ ދައުލަތުގެ ކޮންކަހަލަ ބޮޑު ސިއްރެއްތޯ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސް ވިދާޅުވީ، މިއަދު އެ ރިޕޯޓެއް ނެތް ކަމަށާއި، އެކަން ބަލައި ތަހުގީގު ކުރުމުން އެކަމުގައި ޒިންމާވަނީ ކޮން ބައެއްކަން އެނގިގެންދާނެ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށައަޅުއްވާފައިވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ފުލުހުން މިހާރު އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން އުޅުއްވާ ކެންޑިޑޭޓުންނަށް ބަލާއިރު، މިއީ ވިސްނަވަން ޖެހިވަޑައިގެންފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަންތައްތަކަކީ ކުރިމަތިލައިގެން ތިއްބެވި ކެންޑިޑޭޓުންނާއި ދޭތެރޭގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

7 ފެބްރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަނުން އެ މައްސަލަ ތަހުޤީޤުކޮށް، ތަންފީޒުކުރަންޖެހޭ ކަންކަން އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އޭރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދި ކޮމިޝަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި