ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 13:10
ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކޮށްދެއްވުން
ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކޮށްދެއްވުން
އެމްޑީޕީ
ރައީސް ހދ އަތޮޅަށް
މަކުނުދޫއާއި ކުމުންދޫގައި ސަރުކާރުން ހިންގާފައިވާ މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި
 
ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް އިމާރާތެއް
 
ކުމުންދޫ އިންޖީނުގޭގެ ކެޕޭސިޓީ މިހާރު ވަނީ 760 ކިލޯވޮޓުން 1000 ކިލޯވޮޓަށް އިތުރުކޮށްފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ފެނަކަ އައު އޮފީސް ޢިމާރާތް އަދި ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އައު އިންޖީނުގެއާއި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިތަންތަން ހުޅުއްވައި ދެއްވީ، އެމަނިކުފާނު ހދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ހދ. މަކުނުދޫގައި ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި ހދ. ކުމުންދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ ވެސް ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ.

އަދި ކުމުންދޫ އިންޖީނުގޭގެ ކެޕޭސިޓީ މިހާރު ވަނީ 760 ކިލޯވޮޓުން 1000 ކިލޯވޮޓަށް އިތުރުކޮށްފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި